ދެކުނު ކޮރެއާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ލީ ޖޭ މިޔުންގް ހިމާޔަތްކޮށް ނުދޭ ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރަށް ލާނެ ކަމުގެ އިންޒާރު ދީފިއެވެ.
ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާ (ޑީޕީކޭ) އިން ކުރިމަތިލާފައި ވާ ރިޔާސީ ކެންޑިޑޭޓް ލީ ޖޭ މިޔުންގް އާ ދެކޮޅަށް ހުރި އޭނާގެ ހުރިހާ ޖިނާއީ ޝަރީއަތެއް ސަސްޕެންޑް ނުކޮށްފިނަމަ، ފަނޑިޔާރުން އަޒުލު ކުރުމަށް މަސައްކަތް ފަށާނެ ކަމުގެ އިންޒާރު ދީފިއެވެ.
އިންތިޚާބާ ބެހޭ ގާނޫނާ ޚިލާފްވެގެން ހައިކޯޓުން ލީ ބަރީއަ ކުރުމުން މޭ 1 ގައި ސުޕްރީމް ކޯޓުން ވަނީ އެޙުކުމް ބާޠިލްކޮށް އަލުން އެމައްސަލަ ބެލުމަށް ހައިކޯޓަށް ތަހުވީލު ކޮށްފައެވެ. އެހެންވެ އޭނާއަށް ރިއާސީ އިންތިޚާބުގައި ބައިވެރިވުމަށް ޝަރުތު ފުރިހަމައެއް ނުވެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޑީޕީކޭ އިން ވަނީ ސުޕްރީމް ކޯޓުގެ 10 ފަނޑިޔާރުން ތާއީދު ކޮށް 2 ފަނޑިޔާރުން އިދިކޮޅަށް ރައުޔު ނެރުނު ޙުކުމަކީ ހަރާމް ހުކުމެއް ކަމަށް ބުނެ، އެއީ ސުޕްރީމް ކޯޓުން ގެންނަ "ޝަރުއީ ބަޣާވާތެއް" ކަމަށް ސިފަ ކޮށްފައެވެ.
މި ޙުކުމްގެ ސަބަބުން ލީ، 1 މިލިއަން ވޮން (710 ޑޮލަރު) ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ފައިސާއިން ޖުރިމާނާއާ ކުރިމަތި ލާން ޖެހޭނެއެވެ.
ކޯޓަށް ސާބިތު ވެފައިވާ އޭނާގެ ކުށަކީ 2021ގެ އިންތިޚާބުގައި އޭނާ އިލެކްޝަނަށް ދޮގު މައުލޫމާތު ދެއްވާފައި ވުމުގެ ދެ ކުށެވެ.





