ފައިލް ފޮޓޯ: ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ސަމިޓް
ސައުދީ އަރަބިއްޔާ، ގަތަރާއި ޔޫއޭއީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވާ ތާރީހީ ފުރަތަމަ ބޭރުގެ ދަތުރުފުޅުގައި ގަލްފުގެ އަރަބި ޤައުމުތަކާއި އެމެރިކާގެ ސަމިޓެއް ބޭއްވުމަށް ދެ ހަރަމްފުޅުގެ ޚާދިމު ރަސްގެފާނު ހުށަހަޅުއްވައިފިއެވެ.
އަންގާރަ ދުވަހު ސަމިޓް ބޭއްވުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ލީޑަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
މިއީ އެމެރިކާގެ ރައީސްގެ ފުރަތަމަ ރަސްމީ ބޭރުގެ ދަތުރުފުޅެވެ. މި ސަމިޓަކީ މެދުއިރުމަތީގައި އެމެރިކާއިން ބައިވެރިވުމުގެ ތަސައްވުރު ހުށަހަޅުއްވައި، އެ ސަރަހައްދުގައި ޓްރަމްޕްގެ ގައުމުގެ މަސްލަހަތު ކަނޑައެޅުމަށް ލިބޭ ފުރުސަތެކެވެ.
މިއީ މީގެ ކުރިން ބޭއްވި ހަތަރު ބައްދަލުވުމަށް ފަހު އެމެރިކާއާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގެ މެދުގައި ބާއްވާ ފަސް ވަނަ ސަމިޓަށެވެ.
ފުރަތަމަ ސަމިޓް ކެމްޕް ޑޭވިޑްގައި 2015 ވަނަ އަހަރުގެ މެއި މަހު، ދެވަނަ ސަމިޓް އޭޕްރީލް 2016 ގައި، ތިން ވަނަ ސަމިޓް 2017 ވަނަ އަހަރުގެ މެއި މަހު ސައުދީގެ ވެރިރަށް ރިޔާޟުގައި ބޭއްވިއެވެ.
ގަލްފްގެ ގައުމުތަކަކީ އެމެރިކަގެ ރައީސްގެ އާއިލީ ވިޔަފާރިއަށްވެސް މުހިންމު ސަރަހައްދެކެވެ.




