އިނގިރޭސިވިލާތުގެ ޕާލިމެންޓް މެންބަރު ޒާރާ ސުލްޠާނާ ވަނީ އިނގިރޭސި ނޫސްނޫސްތަކުން ޣައްޒާގެ ހަނގުރާމައާ ގުޅޭ ގޮތުން ގެނެސްދޭ ޚަބަރުތަކަށް ފާޑު ވިދާޅުވެފައެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ޖަރީމާއެއްގައި ސްކޫލެއްގައި ހިޔާވަހިކަން ހޯދާފައިވާ އާއިލާއަކަށް ހަމަލަދީ 36 މީހުން މަރާލި ހާދިސާއަށް އިނގިރޭސި މީޑިއާއިން ސަމާލުކަން ނުދޭކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މި ފޮޓޯ އިނގިރޭސިވިލާތުގެ ހުރިހާ މުހިންމު ނޫސްތަކެއްގެ ފުރަތަމަ ޞަފްޙާގައި ޖަހަންވާނެ،" ޒާރާ ސުލްޠާނާ އެކްސް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"އެކަމަކު އެހެން ނުވާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ. "ސިޔާސީ ވެރިންނެކޭ އެއްފަދައިން، އެމީހުންވެސް މިކަމުގައި ބައިވެރިވެފައި ވަނީ. މިއީ އެމީހުންގެވެސް ބައިވެރިވުން އޮތް ނަސްލު ފޮހެލުމުގެ ޖަރީމާއެއް."
އިނގިރޭސި ނޫސްތަކުން ވަނީ ޔަހޫދީ ޒަޔަނިސްޓުންނަށް ދީލާލާފައެވެ. އަދި މިކަމަކީ ނޫސްތަކުން ވެސް ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާގައި ބައިވެރިވުމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.



