މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުރުކުރުމަށް އަޖޭ ދޭވްގަން އަދި ކާޖަލްގެ ތާއީދު

އަލަށް މައިންނަށް ވެފައިވާ ފަރާތްތަކުގެ މަސައްކަތު ވަގުތު އަށް ގަޑިއިރަށް ކުރުކުރުމަށް ބޮލީވުޑްގެ ފަންނާނުން އަޖޭ ދޭވްގަން އަދި ކާޖަލް ތާއީދުކުރެއެވެ. މި ދެ ފަންނާނުން މިފަދައިން ވާހަކަ ދައްކާފައިވަނީ އެ ދެ ފަންނާނުން ޝާމިލުވާ "މާ" ފިލްމުގެ ޓްރެއިލާ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައެވެ.

އައު މައިންނަށް މަސައްކަތު ވަގުތު ކުރުކުރުމަކީ ޢަމަލީގޮތުން ކުރެވޭނެ ކަމެއްތޯ ކާޖަލް ކައިރިން ސުވާލުކުރުމުން، "މަސައްކަތު ވަގުތު މަދުކުރުމަކީ އަހަރެން ވަރަށް އުފާކުރާނެ ކަމެއް"  ކާޖަލް ބުންޏެވެ.

މި ވާހަކައަށް އިތުރު ބާރެއް ދެމުން އަޖޭ ދޭވްގަން ބުނެފައިވަނީ ވަގުތު ކުރު ކުރުމުން އެއްވެސް ފަރާތަކަށް ދައްޗެއް ނުވާނެ ކަމަށެވެ. އަދި މިހާރު ގިނަ ފަރާތްތަކުން މަސައްކަތްކުރަނީ 8 ނުވަތަ 9 ގަޑިއިރު ކަމަށް އޭނާ ބުންޏެވެ.

ބޮލީވުޑްގެ އަންހެން ތަރިންނާއި މަސައްކަތްތެރި މައިން ވަޒީފާއާއި އާއިލީ ޒިންމާތަކުގެ ހަމަހަމަކަމެއް ހޯދުމަށް މަސައްކަތްކުރަމުން ދާއިރު މި ޚިޔާލަކީ މުހިންމު ކަމެއް ކމުގައި ވާނެއެވެ.

މީގެ ކުރިން ދީޕިކާ ޕަދުކޯނެވެސް ވަނީ ވަގުތުގެ މައްސަލާގައި "ސްޕިރިޓް" ފިލްމުން ތަނާޒުލްވެފައެވެ. އެއީ އުޖޫރައިގެ މައްސަލަތަކާއި އަށް ގަޑިއިރުގެ މަސައްކަތު ވަގުތަށް އެދުމާ ގުޅިގެން އުފެދުނު ދެބަސްވުމުގެ ސަބަބުންނެވެ.ADV

ހިއްސާ ކުރައްވާ!