ސުއިޒަރލެންޑްގެ ލޮޝެންޓަލް ވާދީއަށް ގަނޑުފެން ފަރުބަދައެއް ކަނޑައިގެން ވެއްޓުމުން ބޮޑު ކާރިސާއެއް ހިނގައިފިއެވެ. އަލްޕު ފަރުބަދައިގެ، ބްލެޓެން ގްލޭޝިއާގެ ގަނޑުފެން ފަރުބަދަ ކަނޑައިގެން ވާދީ ތެރެއަށް ވެއްޓުމުން މުޅި ވާދީގެ ހުރިހާ ގެތައް ވަނީ ފެނުއަޑީގައި ޣަރަގުވެފައެވެ.
އެ ފޫޓޭޖުން ފެންނަ ގޮތުގައި އެއް ޒަމާނެއްގައި ރީތި ވާދީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ވާދީ މިހާރު ވަނީ ފެނުއަޑީގައެވެ. މިކަމާ ގުޅިގެން ވާދީން މީހުން ސަލާމަތް ކުރުމަށްފަހު އެހެން ހިސާބުތަކަށް ގެންގޮސްފައި ވެއެވެ. މަސްއޫލުވެރިން ބުނާ ގޮތުގައި، ގެދޮރާއި އިންފްރާސްޓްރަކްޗަރ އަށް ލިބުނު ގެއްލުމުގެ މިންވަރު އަދިވެސް ދަނީ ވަޒަން ކުރަމުންނެވެ.
މިއިން ދައްކައި ދެނީ ދުނިޔެ ދުވަހަކަށް ވުރެން ދުވަހެއް ހޫނުވަމުންދާ މިންވަރެވެ. މިކަމުގެ ސަބަބުން އަލްޕް ފަރުބަދައިގެ މި ސަރަހައްދުގައި ގަނޑުފެންތައް ކަނޑައިގެން ވެއްޓުމުގެ ނުރައްކާ ބޮޑުވަމުންދާ ކަން ފާހަގަ ކުރެވެއެވެ.





