ކަމާލް ހަސަންގެ ތަގްލައިފް ކުރިއަކަށް ނުދިޔަ

ކަމާލް ހަސަން މައިގަނޑު ދައުރުން ފެނިގެންދާ "ތަގް ލައިފް" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑަށް ނާކާމިޔާބުވެފައިވާ ފިލްމެކެވެ. މި ފިލްމަށް ހުޅުވާލެވިފައިވަނީ މަދު އަދަދެއްގެ ތިއޭޓަރުތަކެކެވެ. ފުރަތަމަ ބެލުންތެރިންގެ ތަރުހީބު މިފިލްމަށް ވަރަށް ދަށް ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ފިލްމަށް އަދި ލިބުނީ އެންމެ 17 ކްރޯޑް ރުޕީސް އެވެ. މި ފިލްމަށް މީހުންގެ ތަރުހީބު ލިބިފައި ނުވަނީ ތުންތުން މަތިން ދެކެވޭ ނޭދެވޭ ވާހަކަތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ފުރަތަމަ ދުވަހުގެ ބޮޑު ބައެއްގެ ވިޔަފާރި ލިބިފައި ވަނީ ޓެމިލް ނާޑޫން ނެވެ. އެ ވިޔަފާރިން ޖުމްލަ 13 ކްރޯޑް ރުޕީސް ލިބުނެވެ. އެޑްވާންސް ބުކިންގ ތަކުން ގާތްގަނޑަކަށް 15-16 ކްރޯޑް ރުޕީސް ލިބުނު ނަމަވެސް، ފިލްމު އެޅުވުމުން ލިބުނު އާމްދަނީ އެއަށްވުރެ މާ ބޮޑަށް ދަށްވިއެވެ. ތަމިލް ނާޑޫގައި ފުރަތަމަ ދުވަހުގެ ނަންބަރުތައް "އިންޑިއަން 2″ ހުޅުވި އަދަދުތަކާ އެއްގޮތް ކަމަށް ދައްކައެވެ.

ކަމާލް ހަސަން ދާދި ފަހުން ކަރްނާޓަކާ ބަހާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އުފެދުނު ދެބަސްވުމުގެ ސަބަބުން ފިލްމުގެ ރިލީޒް ކަރްނާޓަކާގައި ކުރިއަށް ނުގެންދެވުނެވެ.

"ތަގް ލައިފް" އަކީ "އިންޑިއަން 2″ އަށް ފަހު ޖެހިޖެހިގެން ކަމާލް ހަސަންއަށް ބޮކްސް އޮފީހުގައި ދެވަނަ ފަހަރަށް ގޯސް ނަތީޖާއެއް ލިބުނު ފިލްމެވެ. ADV

ހިއްސާ ކުރައްވާ!