ހޮންގކޮންގައި ކަނޑުގެ ދިރުންތައް މުއްސަނދިކޮށް އިތުރުކުރުމަށްޓަކައި، ހޮންކޮންގުގެ ސަރުކާރުން 83,500 ކުދި މަހާއި 1 މިލިއަން ޓައިގަރ ޕްރޯން ގެ ބިސް ހޮންގކޮންގެ އެއާޕޯޓާ ކައިރި ސަރަހައްދުގެ ކަނޑަށް ދޫކޮށްފިއެވެ. މިއީ ހޮންގކޮންގ އެއަރޕޯޓް އޮތޯރިޓީ (އޭއޭ) އާއި އެގްރިކަލްޗަރ، ފިޝަރީޒް އެންޑް ކޮންޒަވޭޝަން ޑިޕާޓްމަންޓް (އޭއެފްސީޑީ) އިން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިމަސްތައް ދޫކޮށްފައި ވަނީ ކަނޑު އުޅަނދުވެސް ދުއްވުން މަނާކޮށްފައިވާ ރައްކާތެރުކޮށްފައިވާ ސަރަހައްދަކަށެވެ. އަދި މި ސަރަހައްދަކީ ކަނޑުގެ ދަތުރުފަތުރުން ރައްކާތެރިކޮށްފައިވާ ސަރަހައްދަކަށްވާތީ، މި މަސްތަކަށް ރައްކާތެރި މާހައުލެއްގައި ދިރިއުޅެވޭނެ ކަމަށް އެއާޕޯޓްސް އޮތޯރިޓީން ބުންޏެވެ.
ކޮންމެ އަހަރަކުވެސް މި ހަރަކާތް ކުރިއަށް ގެންދެއެވެ. މި މަސައްކަތގެ މަޤްޞަދަކީ ކަނޑުގެ ވަސީލަތްތައް އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމެވެ. އަދި ހޮންކޮންގުގެ ގޮނޑުދޮށްތަކުގެ ވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމެވެ. 





