ޝައިޠާނާ ސަލާމަތް ކުރުމަށް އިބްލީސްގެ ވަސްވާސްތައް

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދަޢުވާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފާޑު ކިޔާފައެވެ. ޓްރަމްޕް ބުނަނީ އެމެރިކާއިން އިޒްރޭލަށް ދޭ ބިލިއަން ޑޮލަރުގެ އެހީއަކީ "މިފަދަ ކަންކަމަށް ބޭނުންކުރުމަށް ދޭ އެއްޗެއް ނޫން" ކަމަށެވެ.

ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު އިޒްރޭލުގައި އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ރިޝްވަތު ހޯދުމާއި، މަކަރާއި ހީލަތް ހެދުމާއި އަދި މަގާމުގެ އިތުބާރު ގެއްލުވާލުމުގެ ދައުވާ ހިމެނެއެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ މި ހުރިހާ ދަޢުވާތަކެއް ދޮގުކޮށްފައެވެ. 2020 ވަނަ އަހަރު ފަށާފައިވާ މި ޝަރީޢަތުގައި ޖިނާއީ ތިން މައްސަލައެއް ހިމެނެއެވެ.

ކޯވިޑް-19 ބަލިމަޑުކަމާއި، އިޒްރޭލުން ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ އަދި އެހެނިހެން ހަމަނުޖެހުންތަކާ ގުޅިގެން ޝަރީޢަތް އެތައް ފަހަރަކު ލަސްވެފައިވެއެވެ. އެހެންނަމަވެސް، އަނެއްކާވެސް ނަތަންޔާހޫ ގެ ހެކިބަސް ސާބިތުކޮށް ދިނުމަށް ޝަރީއަތް ފަށާފައި ވެއެވެ.

ޓްރަމްޕް ބުނަނީ، "އިޒްރޭލުގެ ބޮޑުވަޒީރު މުޅި ދުވަހު ޝަރިއަތުގެ މަޖިލީހުގައި އިނުމަށް އޭނާއަށް މަޖުބޫރު ކުރެވޭނީ ކިހިނެއްހޭ؟ އެއްވެސް މުހިންމު ކަމެއް ނެތި. އޭނާ ބައިންދަނީ" ޓްރަމްޕް ބުންޏެވެ. އަދި ބުނަނީ "މިއީ ޢަދުލު އިންސާފަށް މަލާމާތް ކުރުން. އެކަމަށް ހުއްދައެއް ނުދެވޭނެ!" ކަމަށެވެ.

ޟި ވާހަކަ ދައްކާ ޓްރަމްޕަކީ 40 އަންހެނުން ރޭޕް ކުރި ކަމަށް ނިއުޔޯކު ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ކުށް ސާބިތުވެފައިވާ މީހެކެވެ. އޭނާއަށް އަބަދު ކަނޑަ ނޭޅުނީ އޭނާ އިންތިޚާބު ކާމިޔާބު ކުރުމުންނެވެ. ނަމވެސް އޭނާ ކުށެއް ނުކުރާކަމަކަށް ކޯޓުން ނުނިންމައެވެ.

ނަތަންޔާހޫ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޓްރަމްޕަށް ޝުކުރު އަދާކޮށް ފައެވެ. އޭނާ ބުނެފައިވަނީ، "އަހަރަމެން ދެ ގޮލައިން ގުޅިގެން އަލުން މެދުއިރުމަތި ގަދަ ތަނަކަށް ހަދާނަން!" ކަމަށެވެ.

އިޒްރޭލުގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ޔާއިރް ލަޕިޑް ވަނީ ޓްރަމްޕްގެ ވާހަކައަށް ފާޑު ކިޔާފައެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަޕިޑް ބުނަނީ "މިނިވަން ދައުލަތެއްގެ ޤާނޫނީ މަރުޙަލާއަކަށް ތަދައްޚުލް ވާކަށް ނުޖެހޭނެ" ކަމަށެވެ.

ޓްރަމްޕް ބުނަނީ އިޒްރޭލާއި ހަނގުރާމާއިގެ ޖަރީމާތައް ހިންގި މުޖުރިމު ސަލާމަތް ކުރާނީ އޭނާ ކަމަށެވެ.

"އިޒްރޭލު ސަލާމަތް ކުރީ އެމެރިކާ، މިހާރު ނަތަންޔާހޫ ސަލާމަތް ކުރާނީވެސް އެމެރިކާ،" ޓްރަމްޕް ބުންޏެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް