ބަނގްލަދޭޝްގެ ސުތުލި އިންޑިއާއަށް އެތެރެ ކުރުން މަނާކޮށްފި

އިންޑިއާއިން ބަންގްލަދޭޝްއާ ދެމެދުގެ ވިޔަފާރީގައި މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން އިޢުލާނުކުރި ގޮތުގައި، ބަންގްލަދޭޝްއިން ސުތުލިއާއި އޭގެ އުފެއްދުންތައް އެތެރެކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އެ ފިޔަވަޅުތައް ވަގުތުން ތަންފީޒުކުރަން ފަށާފައިވެއެވެ.

މި ފިޔަވަޅުތަކުގެ ދަށުން، އިންޑިއާ-ބަންގްލަދޭޝް ސަރަޙައްދީ ބޯޑަރުގައި ހުރި އެއްގަމު ބަނދަރުތަކުން ރޯ ސުތުލި، ސުތުލިން އުފައްދާ އެހެނިހެން ތަކެތި، އަދި ގޯންޏާއި ގޯނި ވިޔުމަށް ބޭނުންކުރާ ވަލާއި ރޯލުތައް އެތެރެކުރުން މަނާކުރެވިފައިވެއެވެ. މި ބާވަތްތަކުގެ މުދާ އެތެރެކުރުމަށް ހުއްދަ ދެވިފައިވަނީ ހަމައެކަނި މުމްބާއީގެ ނަވާ ޝެވާ ސީޕޯޓް މެދުވެރިކޮށެވެ. މިކަން ޑީޖީއެފްޓީން 27 ޖޫން 2025 ގައި ނެރުނު އިއުލާންގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މި ހުރަސްތައް އިންޑިއާ މެދުވެރިކޮށް ނޭޕާލް ނުވަތަ ބޫޓާނަށް ޓްރާންސިޓްކުރާ ބަންގްލަދޭޝްގެ އެކްސްޕޯޓްތަކަކަށް ނުހިނގާނެއެވެ. ނަމަވެސް، މި ޤައުމުތަކުން އިންޑިއާއަށް އަލުން އެތަކެތި އެކްސްޕޯޓްކުރުމަކީ މަނާކަމެކެވެ.

މި ފިޔަވަޅުތައް އެޅުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ވަގުތީ ޗީފް އެޑްވައިޒަރު މުޙައްމަދު ޔޫނުސް ދެއްވާ އިންޑިއާ ބަނގްލަދޭޝްގެ ގުޅުމަށް ބުރޫ އަރާ ބަޔާންތަކާއި؛

އިންޑިއާގެ އުތުރު-އިރުމަތީ ސްޓޭޓްތަކަކީ ބަންދު ވެފައިވާ ބަންގާޅަށް ބަރޯސާވާ ސްޓޭޓްތަކެއް ކަމަށް ޗައިނާގައި ޔޫނުސް ދެއްކެވި ވާހަކަފުޅުގެ ސަބަބުން އުފެދުނު ސިޔާސީ ހަމަނުޖެހުމާއި؛

ބަންގްލަދޭޝްއިން އިންޑިއާގެ ހަނޑޫ އަދި ބަރަނި ފަދަ ތަކެތި އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވާ ހުރަސްތަކެވެ.

އިންޑިއާއިން ބުނަނީ މި ސިޔާސަތުގެ މައިގަނޑު މަޤްޞަދުތަކަކީ:

އިންޑިއާގެ ސުތުލި ސިނާޢަތް ހިމާޔަތްކުރުން؛

ދެ ޤައުމުގެ ދެމެދުގައި ހަމަހަމަ ވިޔަފާރީގެ ޝަރުޠުތަކެއް ކަށަވަރުކުރުމެވެ، ނަމަވެސް މަސް، ގޭސް އަދި ކާބޯތަކެތީގެ ތެޔޮ ފަދަ މުހިންމު އިމްޕޯޓްތަކަށް މި ފިޔަވަޅުތަކުގެ އަސަރެއް ނުކުރާނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް