އިޒްރޭލަށް ބިން ބޮޑުކޮށް، އަރަބި ޚިލާފަތެއް ގާއިމްކޮށް ބައެއް ގައުމުތައް އުވާލަން ޓްރަމްޕް ބޭނުންވޭ

މެދުއިރުމަތީގައި ޓްރަމްޕް ގެންގުޅެން ގަސްތުކުރާ އައު ސިޔާސަތުގެ ދަށުން އިޒްރޭލުން ފަލަސްޠީނާއި އެހެން އަރަބި ގައުމުތަކުގެ ބިންތައް ހިފައި، ބައެއް މިނިވަން މުސްތަގިއްލު އަރަބި ދައުލަތްތައް ވުޖޫދުން ފޮހެލުމަކީ އެކަށީގެންވާ ކަމެކެވެ.

ޓްރަމްޕްގެ ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވަނީ އިޒްރޭލުގެ މިހާރުގެ ސަރަހައްދު ކަނޑައަޅާ ބޯޑަރުތަކާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ބޯޑަރުތަކަކީ، ޚިޔާލީ "ވަހުމީ" ބޯޑަރުތަކެއް ކަމަށް ބުނެފައެވެ. އަދި އައު މެދުއިރުމަތި ބައްޓަންވެ ސިފަ ޖެހިގެންދާއިރު ބައެއް މުސްތަގިއްލު ދައުލަތްތައް ދެމިއޮތުމާ މެދު ވެސް އެ މަސްއޫލުވެރިޔާ ސުއާލު އުފައްދަވައެވެ.

ޓްރަމްޕްގެ ސަރުކާރުގެ މެދުއިރުމަތީގެ އައު ސިޔާސަތާއި ޓްރަމްޕްގެ ވިސްނުން ހިއްސާކޮށްފައި ވަނީ ދާދިފަހުން ބާއްވާފައިވާ ސިޔާސީ މަޝްވަރާ ބައްދަލުމެއް ގައެވެ.

މި ވާހަކަ ރިޕޯޓްކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ އެތެރެ ކޮއިލުގެ ސައްޙަ މައުލުމާތު ގެނަސްދޭ ދަ ހިލް ނޫހުން އަންގާރަ ދުވަހުއެވެ. ދަ ހިލްގައި މި ވާހަކަ ރިޕޯޓު ކުރި އިރު މި ސިޔާސަތު ތަފްސީލުކޮށްދިން މަސްއޫލުވެރިޔާގެ ނަން ވަނީ ސިއްރުކޮށްފައެވެ. މި މަޝްވަރާތަކަކީ ސިއްރު މަޝްވަރާތަކެކެވެ.

ނަން ހާމަނުކުރާ މި މަސްއޫލުވެރިޔާ ވާހަކަ ދެއްކެވީ ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމާއި ސީރިއާގެ ޝެއިޚު ޖައުލާނީގެ އައު ސަރުކާރާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށް ގޯލާންގެ އުސްބިންތައް އިޒްރޭލަށް ދިނުމާ ބެހޭ ގޮތުންނެވެ.

މި މަސްއޫލުވެރިޔާ ވިދާޅުވަނީ އަރަބި ގައުމުތަކުގެ ސަރަހައްދުތައް އިނގިރޭސިންނާއި ފަރަންސޭސިންގެ އިސްތިއުމާރީ ވެރިން ބަހާލުމުގެ ކުރިން ކަނޑައެޅިފައި ނުވާ ކަމަށެވެ. މިހާރު އަރަބި ގައުމުތަކުގެ މެދުގެ ސަރަހައްދުތަކަކީ ސައިކަސް އާއި ޕީކޮ ގުޅިގެން ކުރަހާފައިވާ ސަރަހައްދުތަކެކެވެ.

އަދި އުސްމާނީ ޚިލާފަތުގައި އަރަބިންގެ ސަރަހައްދުތައް ބެހިފައި އޮތްގޮތާއި ވެރިކަން ކުރި ގޮތް ޓްރަމްޕަށް ކިޔައިދީފައިވާނެ ކަމަށާއި އެއިރުވެސް ކޮންމެ ގައުމަކުން ޚަލީފާއަށް ތަބާވިއަސް ސަރަހައްދުތަކުގެ އިންތައް އޮންނަނީ ކަނޑައަޅައި ވަކިކޮށްފައި ނޫން ކަމަށް ބުނެއެވެ.

"އެއިރު އަރަބިންގެ މަރުކަޒީ ސަރުކާރެއް އޮތް ނަމަވެސް މިނިވަން ނިޒާމެއްގައި ކޮންމެ ސަރަހައްދެއް އަމިއްލައަށް ހިންގުމަށް ހުއްދަ ދީފައި އޮތީ. އެހެންވީމަ އަޅުގަނޑުމެން މިދަނީ އެދިމާއަށް. ވެދާނެ އާކަމެއް ކަމަށްވެސް. ގައުމީ ދައުލަތްތައް ގިނަވުމުން ރަނގަޅަކަށް މަސައްކަތެއް ނުކުރެވޭ،" އެ މަސްއޫލުވެރިޔާއާ ހަވާލާދީ ދަ ހިލްގައި ބުނެފައި ވެއެވެ.

ގޯލާންގެ އުސް ބިންތައް އިޒްރޭލަށް ދޭން ތައްޔާރު: ޝެއިޚު ޖައުލާނީ

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް