އިންޑިއާއި ޔޫއޭއީން އަލަށް ފަށާ ވިޔަފާރިތަކަށް އެހީވާން ނިންމައިފި

ޔޫއޭއީއާއި އިންޑިއާގެ ސީއީޕީއޭ ކައުންސިލާއި ބަނަރާސް ހިންދޫ ޔުނިވާސިޓީ އިން އަލަށް ފަށާ ވިޔަފާރިތައް ތަރައްގީކޮށް ހިތްވަރު ދިނުމަށް، ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނމާއަކީ ބަނާރަސް ހިންދޫ ޔުނިވާސިޓީގެ ދަރިވަރުން އިސްވެ ކުރިއަށް ގެންދާ އީޖާދީ ޚިޔާލުގެ ވިޔަފަރި ފުރުސަތުތަކާއި މެދުއިރުމަތީގެ މާކެޓްތަކާ ގުޅުވުމަށް ފަހިކޮށްދޭ ފަހުމުނާމާއެކެވެ. މީގައި މަސައްކަތް ކުރެވޭނެ ދާއިރާތަކަކީ، ހެލްތްކެއާ، ޓެކްނޮލޮޖީ، ފައިނޭންސް، އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކެވެ. މި ފަހުމުނާމާގެ ސަބަބުން އީޖާދީ ފިކުރުގެ މަސައްކަތަށް ހިތްވަރު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަނާސީގައި ބޭއްވި އަލަށް ފަށާ ވިޔަފާރީގެ ސްޓާޓަޕްތަކުގެ މައުރަޒުގެ ތެރެއިން ރަސްމީކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ މަސައްކަތުގެ މަގުސަދަކީ ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އިންޑިއާގެ ޒުވާނުންގެ އީޖާދީ ވިސްނުމުގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރީގެ ވިސްނުމާއި ހަރަކާތްތައް ގިންތި ކުރުމެވެ.

އިންޑިއާގެ އީޖާދީ ވިޔަފާރީގެ ހުނަރަކީ ފުރުސަތު ބޮޑު ދާއިރާއެއް ކަމަށް، ޔޫއޭއީ-އިންޑިއާ ސީއީޕީއޭ ކައުންސިލްގެ ޑިރެކްޓަރު އަހުމަދު އަލްޖްނައިބީ ވިދާޅުވެއެވެ.

މި އިވެންޓަކީ އިންޑިއާގެ 2 ވަނަ ގިންތިއާއި 3 ވަނ ގިންތީގެ ސިޓީތަކުގައި ހިންގާ  އީޖާދީ ވިޔަފާރީގެ ހަބްތަކާ ގުޅުން ފުންކުރުމަށް ޔޫއޭއީއާއި އިންޑިއާއިން ގުޅިގެން ކުރާ މަސައްކަތަށް އަލިއަޅުވާލާ އިވެންޓެކެވެ. ދެ ގައުމުގެ މި އެއްބާރުލުމަކީ ބޯޑަރު ހުރަސްކޮށް ޢިލްމު ހިއްސާކުރުމާއި މުއައްސަސާތަކުގެ ގުޅުންތައް ބަދަހިކޮށް ޔޫއޭއީ އާއި އިންޑިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރުކުރުމުގެ އިތުރުން ދުނިޔޭގެ ވާދަވެރިކަމުގައި އިންޑިއާގެ އައު ވިޔަފާރީގެ ފެށުންތަކަށް ފުރުސަތު ހޯދައި ދިނުން ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް