ރައީސަށް މަރުގެ އިންޒާރު ދިނުމުގެ މައްސަލާގައި މީހަކު 10 ދުވަހަށް ބަންދުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން، ތ. ތިމަރަފުށީ މަލަސް، މަސީހް މޫސާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މަސީހް މޫސާ މި އިންޒާރު ރައީސަށް ދީފައިވަނީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ހާމަކުރެއްވުމާ ގުޅިގެންނެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް، ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގަށް 10 ދުވަހުގެ ބަންދަށް ވަނީ މުއްދަތު ޖަހާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް