ދިވެހިރާއްޖެ ވަނީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް އަދި ދުނިޔޭގެ 53 ވަނަ ގައި ހިމެނިގެން، 2025 ވަނަ އަހަރުގެ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ކުރި ހޯދާފައެވެ. ދިވެހި ޕާސްޕޯޓަށް 94 ގައުމަކަށް ވިސާ ނުލައި ނުވަތަ އެރައިވަލް ވިސާއާއެކު ދަތުރުކުރެވެއެވެ.
| ގައުމު | ވަނަ | ވިސާއާ ނުލައި ދެވޭ ގައުމުތަކުގެ އަދަދު |
| އިންޑިއާ | 85 | 57 |
| ބޫޓާން | 90 | 52 |
| ސްރީލަންކާ | 96 | 44 |
| ބަނގްލަދޭޝް | 100 | 40 |
| ނޭޕާލް | 101 | 39 |
| ޕާކިސްތާން | 103 | 33 |
| އަފްޣާނިސްތާން | 106 | 26 |
ދިވެހިރާއްޖޭގެ ޕާސްޕޯޓް ވަނީ 2023 ގައި 61 ވަނައިގައި އޮވެފައި 2024 ގައި 57 ވަނައަށް، އަދި މިހާރު 53 ވަނައަށް އަރާފައިވެއެވެ. މިއީ ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުންތަކާއި ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.
މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިންގަޕޫރެވެ. ސިންގަޕޫރު ޕާސްޕޯޓުން 193 މަންޒިލަކަށް ވިސާ ފްރީކޮށް ވަދެވެއެވެ. ދެން އޮތީ 190 މަންޒިލަކަށް ދެވޭ ދެކުނު ކޮރެއާއެވެ. އަދި ޖަޕާނުން 189 މަންޒިލަކަށް ވިސާ ފްރީކޮށް ދެވެއެވެ.
ހަތަރު ވަނައިގައި ޖަރުމަނު، އިޓަލީ، ލަކްޒަމްބާގް، ސްޕެއިން، އަދި ސްވިޒަލޭންޑް އޮތްއިރު، ފަސް ވަނައިގައި އޮތީ އޮސްޓްރިއާ، ބެލްޖިއަމް، ޑެންމާކް، ފިންލޭންޑް، ފްރާންސް، އަޔަލޭންޑް، އަދި ނެދަލެންޑްސް އެވެ.
ޗައިނާއިން ފާއިތުވި ދިހަ އަހަރު ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ފެނިގެން ގޮސްފައި ވެއެވެ. އެގޮތުން 2015 ވަނަ އަހަރު 94 ވަނައިން 2025 ވަނަ އަހަރު 64 ވަނައަށް އަރާފައިވެއެވެ. މިއީ 30 ދަރަޖައިގެ ކުރިއެރުމެކެވެ.
ހެންލީ އޮޕަނެސް އިންޑެކްސްގައި ބެއިޖިން އިން ވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނިފައިވާއިރު، ފަހަތަށް ސޮއްސާލާ ފައި ވަނީ އެމެރިކާއެވެ. މިހާރު އެމެރިކާ އޮތީ 65 ވަނައިގައެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސްގެ 20 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ބާރުގަދަ ދިހަ ޕާސްޕޯޓްގެ ތެރެއިން އެމެރިކާ ވަނީ ސޮއްސާލާފައެވެ.

