އިކުއެޑޯގެ ގުއަޔަކުއިލް ސިޓީގައި ރާވާގެން ދީފައިވާ ބޮމުގެ ހަމަލާތަކެއްގެ ސަބަބުން އެޤައުމުގެ އަމަން އަމާންކަން ގެއްލި، އާންމު ހާލަތު ވަނީ ގޯސްވެފައެވެ. މި ހަމަލާތަކުގައި އައްސޭރިފަށުގެ ސަރަހައްދުގެ ދެ ފާލަމަކަށާއި ޝޮޕިންގ މޯލެއްގެ ކައިރީގައި ބޮން ގޮއްވާލާ ފައިވެއެވެ.
ޝޮޕިންގ މޯލް ކައިރީގައި ގޮއްވާލި ކާރު ބޮމުގެ ސަބަބުން އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި އެސަރަހައްދުން ގޮއްވާލުމަށް ތައްޔާރުކޮށްފައި އޮތް އިތުރު އުޅަނދެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މި އުޅަނދު ގޮއްވާނުލެވި ވަނީ ސަލާމަތް ކުރެވިފައެވެ.


