ފަލަސްތީނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ފާރިސީން އަޣްބާކިޔާން ވިދާޅުވަނީ ޣައްޒާގެ ހަމަނުޖެހުން ހައްލު ކުރުމުގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެ ނިއުދިއްލީގެ ދައުރަށް ތައުރީފް ކުރައްވާފައެވެ.
ފާރިސީން އަޣްބާކިޔާން ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނާއި އިސްރާއީލާ އެކު އިންޑިއާއިން ބާއްވާ ދިގު މުއްދަތުގެ ގުޅުމަކީ މިކަމަށް މުހިންމު ގުޅުމެއް ކަމަށެވެ. އަދި ޑިމޮކްރެޓިކް ބާރެއްގެ ގޮތުގައި އިންޑިއާއިން ވަނީ މަސައްކަތް ކޮށް ދުނިޔޭގެ ސުލްހައިގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށްވެސް އަޣްބާކިޔާން ވިދާޅުވިއެވެ.
"އިންޑިއާއަށް ހުރިހާ ފަރާތެއްގެ އިތުބާރު އެބައޮތް. އެހެން މީހުންނަށް ނުކުރެވޭ މުވާސަލާތީ ޗެނަލްތައް ހުޅުވުމަށް އިންޑިއާއިން އެހީތެރިވެދެވޭނެ،" ޣައްޒާގައި ޖެނޮސައިޑް ނިންމުމަށް އެއްބަސްވި ފަހުންވެސް އިޒްރޭލުން މެދުނުކެނޑި ހަނގުރާމަ ކުރިއަށް ގެންދާއިރު ވަކި ފަރާތަކަށް ނުޖެހޭ ފަރާތްތަކުން އިސް ދައުރެއް އަދާކުރުން މުހިންމު ކަމުގައި އަޣްބާކިޔާން ވިދާޅުވިއެވެ.
ފަލަސްޠީނުގެ ރައްޔިޔެއް ކަމަށްވާ ޖޯޑަންއަށް އުފަން އަޣްބާކިޔާންއަކީ ނަސްރާނީ އެކެވެ. އޭނާއަކީ އަރްމީނިއާ ދަރިކޮޅުގެ ފަލަސްޠީނު ބޭފުޅެކެވެ. ތައުލީމު ހާސިލު ކުރެއްވީ އެމރިކާއިންނެވެ.






