ވެނެޒުއޭލާއިން އެމެރިކާގެ ބޯޓެއް ވައްޓާލައިފި

ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް ހުއްދަ ނެތި ވަދެފައިވާ ގޮތް ނޭނގޭ މަތިންދާބޯޓެއް، އެ ގައުމުގެ ވައިގެ ސިފައިންގެ އެފް-16 ފައިޓަރުން ހުއްޓުވައި ވައްޓާލާފައިވާ ކަމަށް ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި އެފް-16 ބޯޓަކުން ވަނީ އެ ބޯޓު ވައްޓާލާފައެވެ. މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކުގައި މި ބޯޓަކީ ޑްރޯނެއް ނުވަތަ އިންސާނުން ދުއްވާ ބޯޓެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ލަފާ ކުރެވެނީ މިއީ އެމެރިކާގެ ބޯޓެއް ކަމަށެވެ.

މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުންދާއިރު، އެއިން ފެންނަނީ ރަށުބޭރުގެ ސަރަހައްދެއްގެ މަންޒަރުތަކާއި، މިސައިލް އަމާޒު ވެފައިވާ ކޮކްޕިޓް ފުޓޭޖްތަކެވެ. އަދި ބޯޓުގެ ބައިތައް ވެއްޓިފައިވާ ތަންތަނުގެ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފައެވެ.

ވެނެޒުއޭލާގެ ރަސްމީ އިދާރާތަކުން މި ހާދިސާ ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި ދައުވާ މިނިވަން މަސްދަރުތަކުން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިފަދަ ހާދިސާތައް މި ސަރަހައްދުގައި ހިނގާފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހުވެސް މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ ސެސްނާ 310 ގެ ބޯޓެއް ވެއްޓިފައިވެއެވެ.

ވެނެޒުއޭލާގެ ވައިގެ ސިފައިންނަށް 1980 ގެ އަހަރުތަކުގައި އެމެރިކާއިން ގަނެފައިވާ 16 އެފް-16 ބޯޓު މިހާރު ވަނީ އިޒްރޭލާއި ރަޝިޔާގެ އެވިއޮނިކްސްއިން އަޕްގްރޭޑްކޮށްފައެވެ.

 

ހިއްސާ ކުރައްވާ!