ވެނެޒުއެލާ ހިފުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ވެނެޒުއެލާ ހިފައި އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ޓްރަމްޕް ކުރަމުން ގެންދާ މަސައްކަތުގައި ވެނެޒުއެލާގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކޮށްފި ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ ބޯޓާއި އެމެރިކާގެ މަނަވަރުތައް ކެރިބިއަން ސަރަހައްދުގައި ބާއްވައިގެން ވެނެޒުއެލާއާ ދެކޮޅަށް އަސްކަރީ ހަމަލަތައް ދޭން ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ.

ޓްރަމްޕް ދަނީ ވެނެޒުއެލާގެ ތެލުގެ މުއްސަނދިކަން ފޭރިގަތުމަށް ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ.

ވެނެޒުއެލާއިން ވަނީ އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ތަބާވި އެއާލައިންތައް އެގައުމުގެ ވައިގެ ސަރަހައްދަށް ވަނުން މިއަދު މަނާ ކޮށްފައެވެ. އޭގ ެތެރޭގައި ސްޕެއިންގެ އައިބީރިއާ، ޕޯޗުގަލްގެ ޓެޕް، ކޮލަމްބިއާގެ އެވިއަންކާ، ޗިލީ އަދި ބްރެޒިލްގެ ލަޓަމް، ބްރެޒިލްގެ ގޯލް އަދި ތުރުކީ އެއާލައިންސް ހިމެނެއެވެ.

އެމެރިކާއިން ވަނީ ވެނެޒުއެލާ އާއި ކޮލަމްބިއާގެ ކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުތަކުގައި އުޅަނދުތަކަށް އަމާޒުކޮށްގެން ސިލްސިލާ އަސްކަރީ ހަމަލާތަކެއް ދީފައެވެ.

 

ހިއްސާ ކުރައްވާ!