ސޮލީބީން އީރާނަށް ދިން ފުރަތަމަ ޓެރަރިސްޓް ހަމަލާތަކުގައި އީރާންގެ އިމާމްގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއަށް އަނިޔާވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އޭއެފްޕީ އާއި ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އޭނާއަށް އަނިޔާވި ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޖުތަބާ ޚާމަނާއީގެ ފަޔަށް އަނިޔާތަކެއް ވަނީ ވެފައެވެ. މި އަނިޔާގެ ސަބަބުން އޭނާ އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވަނީ މަޑު ޖައްސާލާފައެވެ. މީގެ އިތުރުން، އޭނާ ދިރިއުޅޭ ތަން ހާމަވެދާނެ ކަމުގެ ބިރަށްޓަކައި، މިވަގުތު އާންމުންގެ ތެރެއަށް ނު ނިކުންނެވުމަށްވެސް އޭނާއަށް ސަލާމަތީ ފަރާތްތަކުން އިރުޝާދު ދީފައި ވެއެވެ.
މި ޚަބަރު ތިލަވެފައި މިވަނީ، އީރާނުގެ ދައުލަތުގެ ޓީވީން ހޯމަ ދުވަހުގެ ފަތިހު މުޖުތަބާ ޚާމަނާއީއަކީއީރާނުގެ ތިންވަނަ ދީނީ ލީޑަރުގެ ގޮތުގައި ހަމަޖައްސާފައިވާކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދައުލަތުގެ މީޑިއާއިން އޭނާ ސިފަކޮށްފައިވަނީ "ރަމަޟާން ހަނގުރާމައިގެ ޒަޚަމީއެއް" ގެ ގޮތުގައެވެ.
އީރާނުގެ ރަސްމީ މީޑިއާން ބޭނުންކުރާ "ރަމަޟާން ހަނގުރާމަ" މި ލަފުޒަކީ މިހާރު ހިނގަމުންދާ ސޮލީބީ ހަނގުރާމައަށް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ.




