ކައްޒާބު ކޮލިން ޕަވަލް އޮޅުވާލައިގެން އިރާގުގައި ބޮޑެތި ގެއްލުންދޭ ހަތިޔާރު ހުރިކަމަށ ްބުނެ އިރާގަށް އަރައިގަތުމަށް ވާހަކަ ދައްކަނީ. އިރާގަށް ދިން ސޮލީބީ ހަނގުރާމައަށްފަހު މިހާތަނަށް އެފަދަ ހަތިޔާރެއް ފެނިފައި ނެތް
ކައްޒާބު ކޮލިން ޕަވަލް އޮޅުވާލައިގެން އިރާގުގައި ބޮޑެތި ގެއްލުންދޭ ހަތިޔާރު ހުރިކަމަށ ްބުނެ އިރާގަށް އަރައިގަތުމަށް ވާހަކަ ދައްކަނީ. އިރާގަށް ދިން ސޮލީބީ ހަނގުރާމައަށްފަހު މިހާތަނަށް އެފަދަ ހަތިޔާރެއް ފެނިފައި ނެތް

ދެން ވެނެޒުއެލާ ހިންގާނީ އެމެރިކާއިން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއެލާގެ ރައީސް ވަގަށް ނެގުމަށްފަހު ޓްރަމްޕް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވަނީ ތެޔޮ އުފައްދާ ކުންފުނިތައް ވެނެޒުއެލާއަށް ދިއުމަށް އަންގަވާފައެވެ. އެމެރިކާގެ ސިފައިން ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ (ވަގަށް ނަގައިފި) ކަމަށާއި، އެ ގައުމުގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރެވެންދެން ވެނެޒުއެލާ ހިންގާނީ އެމެރިކާއިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާގެ ސިފައިން ހިންގި "ބޮޑު އޮޕަރޭޝަނެއްގައި" މަދޫރޯ (ވަގަށް ނެގުމާ) ގުޅިގެން، ފްލޮރިޑާގެ މާ އަ ލާގޯ ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ މިއީ ވަރަށް "ފުރިހަމަ" އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިން ގާނޫނު ތަންފީޒުކުރާ އިދާރާތައް ގުޅިގެން ރޭގަނޑުގެ ވަގުތެއްގައި ހިންގި މި (ފޭރުމުގެ) ހަރަކާތުގައި ވެނެޒުއެލާގެ ސިފައިން ވަނީ މުޅިން ނިކަމެތިކޮށްލާފައެވެ. އަދި އަމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ނިމެންދެން ވެނެޒުއެލާގެ ކަންކަން ބަލަހައްޓާނީ ވޮޝިންގޓަނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ އެޓަރނީ ޖެނެރަލް ވިދާޅުވީ، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް މަސްތުވާތަކެއްޗާއި ހަތިޔާރުގެ މުއާމަލާތް ކުރުމުގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޗީފް ވަނީ މިއީ ވެނެޒުއެލާއަށް ލިބުނު "އާ ފަތިހެއް" ކަމަށް ސިފަކުރައްވާފައެވެ.

ނަމަވެސް، ވެނެޒުއެލާގެ ދިފާއީ ވަޒީރު ވަނީ މިއީ އެ ގައުމާ ދެކޮޅަށް ހިންގި "އެންމެ ނުބައި އުދުވާން" ކަމަށް ވިދާޅުވެ، މިކަމާ ދެކޮޅަށް ތެދުވުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ. މި ހަމަލާތަކާ ގުޅިގެން ވެނެޒުއެލާގެ ސަރުކާރުން މިހާރު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިފައެވެ.

ވެނެޒުއޭލާގެ ރައީސް މަޑޫރޯއާއި އަނބިކަނބަލުން އެމެރިކާއިން ވަގަށް ނަގައިފި

ހިއްސާ ކުރައްވާ!