ސޮލީބީ ސަހުޔޫނީންގެ ޕްރޮޕެގެންޑާ އުސޫލު

ގާތިލަކީ މުސްލިމަކު ކަމުގައިވާނަމަ، ސުއާލު ކުރާނީ އޭނާގެ ދީނާ ބެހޭ ގޮތުން ނެވެ! ބުނާނެ އެވެ! "އެމީހުންގެ ދީނަށް ދިމާވެފައިވަނީ ކޮން މައްސަލައެއް ހެއްޔެވެ؟"

ގާތިލަކީ ނަޞާރާއެއް ނުވަތަ ޔަހޫދީއެއް ކަމުގައިވާނަމަ، ސުއާލު ކުރާނީ އޭނާގެ ނަފްސާނީ ހާލަތާ ބެހޭ ގޮތުންނެވެ! ބުނާނެ އެވެ! "އެމީހާގެ ދިރިއުޅުމުގައި ދިމާވީ ކޮން ހިތް ދަތި މައްސަލަތަކެއް ހެއްޔެވެ؟"

މުސްލިމުންނާ މެދު ބަލަނީ މުޅި ދީނަށް ނަޒަރު ހިންގައިގެންނެވެ.

އަނެއްބަޔަކާ މެދު ބަލަނީ އިސްތިސްނާ އެއްގެ ގޮތުގައެވެ.

މުސްލިމުންނާ މެދު ބަލައި ކަން ކުރާ ގޮތުން އިސްލާމީ ގައުމުތަކަށް ބޮން އެޅުމަށް ސޮލީބީ ސަހުޔޫނީންނަށް އުޒުރު ފެނިގެން ދެއެވެ.

ނަސާރާއިންނާއި ޔަހޫދީން ކޮށްލާ ނުލަފާ ކަންކަން 24 ގަޑިއިރު ތެރޭން މީޑިއާއިން އޮއްބާލާނެއެވެ.

ދީނުގެ ސަބަބުން ހަރުކަށި ކަންކަމާ މެދު ސުއާލު ކުރާނަމަ، ކަރުގައި ސޮލީބު އަޅުވައިގެން ޖީބަށް އިންޖީލު ލައިގެން މުސްލިމުން މެރުމަށް ވާހަކަ ދައްކާ މީހާއާ މެދު ސުއާލު ކުރީހެވެ. އެކަމަކު އޭނާއާ ސުއާލު ކުރުމެއް ނޯވެއެވެ.

މުސްލިމުން މަރައިފިނަމަ، ސިފަ ކުރަނީ އެއީ "ހިތާމަވެރި" ކަމެއްގެ ގޮތުގައެވެ.
ސޮލީބީ ނޫނީ ޒަހުޔޫނީ މީހަކު މަރުވެއްޖެ ނަމަ އެއީ ޓެރަރިސްޓް އަމަލެކެވެ.

މުސްލިމުން ދެކޮޅުވެރިވުމުން، އެއީ "އިސްލާމިސްޓުން" ނެވެ.

މުސްލިމުންނަށް ބޮން އަޅަން ބޭނުން ވުމުން އެއީ "ދުނިޔޭގެ ސަލާމަތަށްޓަކައި ކުރަން ޖެހޭ" ކަމަކަށް ވެއެވެ.

މުސްލިމުން ރައްދު ހަމަލާ ދިނުމުން، އެއީ "ޓެރަރިޒަމް" އެވެ.

ސޮލީބީ ސަހުޔޫނީން ޕްރޮޕެގެންޑާ ކުރަނީ މިގޮތަށެވެ. މިއަށް ހޭލުންތެރިވާން ޖެހެއެވެ.

ހައްލަކީ ކޮބައި ހެއްޔެވެ؟

ހިއްސާ ކުރައްވާ!