އިސްރާއީލަށް ދީފައިވާ ހަމަލާގައި ރޭގައި 119 މީހުން ޒަޚަމްވެއްޖެއެވެ. އޭގެ ތެރެއިން 30 މީހެއްގެ ހާލު ވަރަށް ނާޒުކެވެ. އީރާނުން ދިހަ އިމާރާތެއް އެއްކޮށް ބިމާހަމަކޮށްލައިފިއެވެ. އީރާނު މެދުއިރުމަތީގެ ބިރުވެރިކަމަކަށް ވެއްޖެއެވެ. އސްރާއީލުގެ ނިއުކްލިއަރ އުފައްދާ ދިމޯނާ ރިއެކްޓަރާ އެންމެ މަދު މީޓަރުކޮޅެއް ގާތަށް އީރާނުން ވަނީ މ،ިސައިލް ފޮނުވާފައެވެ.
ވިދުވަރެއް ފަދަ ހަލުވިމިނުގައި 4 މިނެޓްގެ ދަތުރަކަށް ފަހު އީރާނުގެ މިސައިލްތައް އެގހެރަ ދަނީ 900 ކިލޯގެ ގޮވާތަކެއްޗާއެކު އިސްރާއީލަށް ފަސޭހަ ކަމާއެކު ވަންނަމުންނެވެ. 2000 ކިލޯމީޓަރު ގެ ރާސްތާއެއް 4 މިނެޓްގެ ތެރޭގައެވެ.
ސަހުޔޫނީ ދުޝްމަނުންނާއި އެމެރިކާއިން ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ދަނގަނޑު ގުއްބު "އަޔަން ޑޯމް" ފޫއަޅުވާލައި، އިސްރާއީލުގެ ސަރަހައްދުގެ އިމާރާތްތައް ސުންނާފަތިކޮށްލައެވެ.

މިއީ އިނގިރޭސިވިލާތެއް ނޫނެވެ، ރަޝިޔާއެއްވެސް ނޫނެވެ. މިއީ އީރާނެވެ. 47 އަހަރު ވަންދެން އެމެރިކާއިން ހިސާރަ ކޮށްފައިވާ ގައުމެކެވެ.
195 ގައުމަކަށް ތެޔޮ އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ގައުމެވެ.
އީރާންގެ ފައިސާގެ އަގުވެއްޓި، ޑޮލަރެއްގެ އަގު މިލިއަން ރިއާލަށް އަރައިފިއެވެ.
ދުޝްމަނުން ބިލިއަނުން ޑޮލަރު ޚަރަދުކޮށްގެން ޖާސޫސުން އުފައްދައި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލަން މަސައްކަތްކުރި ގައުމެކެވެ.
އެހެންނަމަވެސް އީރާނުން ވަނީ ބިޔަ ސައިންޓިފިކް އޮނިގަނޑެއް ބިނާކޮށްފައެވެ.
މިސައިލް އުފެއްދުމަކީ އޭގެ ދަށުން ފިޒިކްސް، ކެމިސްޓްރީ އަދި އިންޖިނިއަރިން ފަދަ އެތައް ދާއިރާއެއް ހިމެނޭ އިލްމެކެވެ. އީރާނުން ވަނީ އެތައް ސަތޭކަ ސައިންސްވެރިންނެއް އުފައްދާފައެވެ. އެ ގައުމުގެ އުޑުމަތި ހާހެއްހާ ސެޓެލައިޓުން ބަލަމުންދާކަން އެނގި ތިބެމެ، މުޢުޖިޒާތެއް ފަދައިން، ރޭލު ދަތުރުކުރާ އަދި އެތައް ހާސް މިސައިލެއް ރައްކާކުރެވޭ ފަދަ ބިޔަ ސިޓީތަކެއް ބިމުގެ އަޑީގައި ބިނާކޮށްފައި ވެއެވެ. އެތަންތަން ހަދާފައި ވަނީ ވަރުގަދަ ފަރުބަދަތަކެއް ކަމަށްވާ ޒާގްރޯސް ފަރުބަދަތަކުގެ ތެރޭގައެވެ.
ތިން ހަފުތާ ވަންދެން މޮޔަ ގޮވަމުން ބޮން އެޅުމަށްފަހު، އެމެރިކާގެ ޓްރަމްޕް ރައީސް ނުކުމެ، އީރާނުގެ އެންމެ މުހިންމު ދީނީ އަދި ސިޔާސީ ލީޑަރަކު އަވަހާރަކޮށްލުމަށްފަހު އީރާނަށް މަލާމާތްކުރިއެވެ.
ނަމަވެސް އިސްލާމީ އީރާންގެ ޖުމްހޫރިއްޔާ ކުޑަ ކަކޫ ނުޖެއްސެވެ!
އެތައް އަސްކަރީ ލީޑަރުންނެއް ޝަހީދުވިއެވެ. އެތައް ހާސް ޓަނެއްގެ ގޮވާތަކެތި އީރާންގެ ކޮންމެ އިންޗިއަކަށް އޮއްސާލިއެވެ. އެކަމަކު އީރާނުން އަމާނެއް ނުދިނެވެ.
ޓްރަމްޕް ބޭނުންވީ ހަނގުރާމައަކީ ކުޅިވަރެއް ފަދަ ކަމަކަށް ހަދާށެވެ. ހަތް ގައުމެއްގެ ސަރަހައްދުގައި އޭނާގެ ލަޝްކަރު ޖަމާކުރިއެވެ. މުޅި ދުނިޔެ ހީކުރީ އިސްލާމީ ޖުމްހޫރިއްޔާ ތާރީޚުގެ ސަފުހާއަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް މުޢުޖިޒާތް ފާޅުވެއްޖެއެވެ.
ދުނިޔެ ސިއްސުވާލީ އީރާނުންނެވެ.
ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް، ތެލުގެ އަގު އުފުލާލައިފިއެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި މެދުކަނޑާލުމުން، އެމެރިކާއަށް ޖެހުނީ ރިވޮލިއުޝަނަރީ ގާޑުންނާ ދެކޮޅަށް ދުނިޔޭގެ އެހީތެރިކަމަށް އެދި ސަލާންޖަހާށެވެ. ބޮޑެތި ބާރުތައް ތިބީ އެކަމުގެ ތެރެއަށް ވަންނަންވެސް ބިރުންނެވެ.
އީރާނުން އެހިސާބުން ހުއްޓައެއް ނުލިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް އީރާނުން ހަމަލާދިނެވެ.
ދުނިޔޭގެ އެންމެ ޒަމާނީ އެފް 35 މަތިންދާބޯޓުތަކަށް ހަމަލާދީ ވައްޓާލިއެވެ.
ދުޝްމަނުން ސަހުޔޫނީންގެ ބޮޑުވަޒީރު ނުކުމެ އީރާނުގެ ސިފައިން ތިރިކޮށްލެވިއްޖެ ކަމަށް ބުނުމުން، އިސްލާމީ ޖުމްހޫރިއްޔާއިން ރައްދު ދިނީ ޣައްޒާގެ ބަތަލުންގެ ކާމިޔާބީއަށްފަހު ޔަހުދީންނަށް ދިން އެންމެ ވަރުގަދަ ހަމަލާއިންނެވެ.
އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު ދިމޯނާ އާއި އަސްކަރީ މަރުކަޒުތަކާ ދިމާއަށެވެ.
އެމީހުން ބޭނުންވީ އީރާނުގެ އުޑުމަތި އެމީހުންނަށް ހުޅުވާލެވިފައި އޮންނާށެވެ. ނަމަވެސް އީރާނުން އެ ފުރުސަތއް ނުދިނެވެ. މިއީ ހަމަކަށަވަރުންވެސް ބޮޑު ބާރަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ހިސާރުކޮށްފައިވާ ގައުމަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު އީރާނުން އެކަން ކޮށްފިއެވެ.
އީރާނުން ސާބިތު ކޮށްދިނީ ހިސާރުކޮށްފައިވާ މީހާގެ ކިބައިގައި އަމިއްލަ ނަފްސަށް ގަދަރެއް ހުރިނަމަ، ދުޝްމަނުންނާ ކުރިމަތިލައި ރައްދު ދެވިދާނެކަމެވެ.
އެމެރިކާއާއި ސަހުޔޫނީން އީރާނުދެކެ އެމީހުން އެހާ ބިރުގަންނަ ސަބަބު މިހާރު ވިސްނިއްޖެ ހެއްޔެވެ
އީރާނުން އިންސާނާ ބިނާ ކުރިއެވެ. ލިބުނު ފައިސާ ބެންކޮކްގެ ރެޑްލައިޓް ޑިސްޓްރިކްޓް ތަރައްގީ ކުރުމަށް ޚަރަދު ކުރީކީއެއް ނޫނެވެ!
އިލްމާއި ޓެކްނޮލޮޖީައި ކުރިއަށް ދިޔައީއެވެ.
އެއް މަސްދުވަހުގެ ތެރޭގައި އެޓަމް ބޮމެއް އުފެއްދޭ ފަދަ ނިއުކްލިއާ މާއްދާތައް އުފެއްދީއެވެ.
މިއަދު ޔަގީން ވެފައި މި ވަނީ، އީރާންގެ މިސައިލްތައް ޔޫރަޕަށް ފޯރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އެމެރިކާއަށް ލިބޭނެ ސިހުން ތަސައްވަރުކޮށްލަ ބަލާށެވެ؟
އަރަބިންނަށް އެވަރަށް ޑޮލަރު ލިބިގެން މިވަރު ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟





