މިއީ އިސްލާމީ ތާރީޚުގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އަދި މަޝްހޫރު ސައިންސްވެރިންގެ ލިސްޓެކެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މީގެ ތެރެއިން އެއްވެސް ނަމެއް ޢަރަބި ކަރަޔަށް (އަރަބި ޖަޒީރާއަށް/ ގަލްފް ސަދަރަހައްދަށް) ނިސްބަތް ވެފައި ނެތުމެވެ. އުފެދުމުގައި ވެސް އަދި ތަރުބިއްޔަތު ކުރުމުގައިވެސް އެ ސަރަހައްދުގެ އެއްވެސް އަސަރެއް މިއިން އާލިމެއްގެ ކިބައިން ފެންނާކަށެއް ނެތެވެ.
ލިސްޓު ކިޔާލަމާ ހެއްޔެވެ؟
| މުޙައްމަދު ބިން މޫސާ އަލްޚުވާރިޒަމީ | (އަލްޖަބްރާ އިލްމުގެ ބައްޕަ) | އުފަންވީ އުޒްބެކިސްތާނަށް (ޚުވާރިޒްމް)، ބޮޑުވީ ބަޣުދާދުގައި (ޢިރާޤު) |
| އަބޫ ޢަލީ އިބްނު ސީނާ | (ބޭސްވެރިކަމުގެ ބައްޕަ) | އުފަންވީ އުޒްބެކިސްތާނަށް (ބުޚާރާ ކައިރީގައިވާ އަފްޝަނާ)، ބޮޑުވީ ބުޚާރާގައާއި ފާރިސްކަރައިގެ (އީރާން) ސަރަހައްދުތަކުގަ |
| އަލްޙަސަން ބިން އަލްހައިޘަމް | (އޮޕްޓިކްސްގެ ބައްޕަ) | އުފަންވީ ޢިރާޤަށް (ބަޞަރާ)، ބޮޑުވީ ބަޞަރާގައާއި ޤާހިރާގައި (މިޞްރު). |
| އަބޫ ބަކުރު އައްރާޒީ | (ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ) | އުފަންވީ އީރާނަށް (ރައްޔު)، ބޮޑުވީ ރައްޔުގައާއި ބަޣުދާދުގައި (ޢިރާޤު) |
| އަބޫ އައްރައިޙާން އަލްބައިރޫނީ | ތާރިޚު އިލްމާއި ފަލްސަފާ | އުފަންވީ އުޒްބެކިސްތާނަށް (ޚުވާރިޒްމްގެ ކާތު)، ބޮޑުވީ ޚުވާރިޒްމްގައާއި ޣަޒްނީގައި (އަފްޣާނިސްތާން). |
| ޖާބިރު ބިން ޙައްޔާން | (ކެމިސްޓްރީގެ ބައްޕަ) | އުފަންވީ އީރާނަށް (ޠޫސް)، ބޮޑުވީ ކޫފާގައި (ޢިރާޤު). |
| އަބުއް ނަޞްރު އަލްފާރާބީ | ފަލްސަފާވެރިޔާ (ދެވަނަ މުޢައްލިމު) | އުފަންވީ ކަޒަކިސްތާނަށް (ފާރާބު ނުވަތަ ވަސީޖު)، ބޮޑުވީ ބަޣުދާދާއި ދިމިޝްޤުގަ |
| އިބްނު ރުޝްދު | (ފަލްސަފާގެ ބައްޕަ) | އުފަންވީ ސްޕެއިނަށް (ޤުރުތުބާ)، ބޮޑުވީ ޤުރުތުބާގައާއި މަޣުރިބުގަ |
| ޔަޢުޤޫބު އަލްކިންދީ | (ޢަރަބިންގެ ފަލްސަފާވެރިޔާ) | އުފަންވީ ޢިރާޤަށް (ކޫފާ)، ބޮޑުވީ ބަޣުދާދުގައި (ޢިރާޤު). |
| އަބޫ އަލްޤާސިމް އައްޒަހުރާވީ | (ސާޖަރީގެ ބައްޕަ) | އުފަންވީ ސްޕެއިނަށް (ޤރުތުބާ ނުވަތަ އައްޒަހުރާ)، ބޮޑުވީ ޤުރުތުބާގަ |
| ޢުމަރު އަލްޚައްޔާމް | އަދީބު/ ލިޔުންތެރިއެއް/ ފަލްސަފާވެރިއެއް | އުފަންވީ އީރާނަށް (ނީޝާޕޫރު) ބޮޑުވީ ނީޝާޕޫރާއި އިސްފަހާނުގަ |
| ނަޞީރުއްދީން އައްޠޫސީ | ޓްރިގްނޮމެޓްރީގެ ބައްޕަ | އުފަންވީ އީރާނަށް (ޠޫސް)، ބޮޑުވީ ޠޫސްގައާއި މަރާޣާގަ |
| އިބްނު ޚަލްދޫން | (ސޯޝިއޮލޮޖީގެ ބައްޕަ) | އުފަންވީ ޓިއުނީޝިއާއަށް، ބޮޑުވީ ޓިއުނީޝިއާ، މަޣުރިބު އަދި މިޞްރުގަ |
| އައްޝަރީފު އަލްއިދްރީސީ | (ޖިއޮގްރަފީގެ ބައްޕަ) | އުފަންވީ މަޣުރިބަށް (ސަބްތާ)، ބޮޑުވީ މަޣުރިބާއި މުސްލިމް ސިސިލީގަ |
| އިބްނު އައްނަފީސް | ސާޖަރީ / އެނަޓޮމީ | އުފަންވީ ސޫރިޔާއަށް (ދިމިޝްޤު)، ބޮޑުވީ ދިމިޝްޤާއި ޤާހިރާގައި |
| މުޙައްމަދު ބިން ޖާބިރު އަލްބައްތާނީ | އެސްޓްރޮނޮމީ / ހިސާބު އިލްމު | އުފަންވީ ތުރުކީއަށް (ޙައްރާން)، ބޮޑުވީ ޙައްރާންގަ |
| ޘާބިތު ބިން ޤުއްރާ | ހިސާބު އިލްމު/ އެސްޓްރޮނޮމީ/ މެޑިސިން | އުފަންވީ ތުރުކީއަށް (ޙައްރާން)، ބޮޑުވީ ޙައްރާންގައާއި ބަޣުދާދުގަ |
| އިބްނު ބަޠޫޠާ | ސައްޔާޙު / މުއައްރިޚް | އުފަންވީ މަޣުރިބްގެ ތަންޖާއަށް |
| އަބޫ ޙާމިދު އަލްޣަޒާލީ | އިޙުތޔާއު އުލޫމުއްދީންގެ މުއައްލިފް | އުފަންވީ އީރާނަށް (ޠޫސް)، ބޮޑުވީ ޠޫސްގައާއި ނީޝާޕޫރުގަ |
| އިބްނު ޔޫނުސް އަލްމިޞްރީ | ފަލަކީ ޢިލްމުވެރިންނާއި ހިސާބު ޢިލްމުވެރިޔާ | އުފަންވެ، ބޮޑުވެ، މަސައްކަތްކުރެއްވީ ޤާހިރާގަ |
މި ޢިލްމުވެރިންނަކީ ދުނިޔޭގެ ސައިންޓިފިކް ތާރީޚު ބަދަލުކޮށްލެއްވި ބޭފުޅުންނެވެ. އެބޭފުޅުންގެ ފޮތްތައް އެތައް ޤަރުނެއް ވަންދެން ވިލާތުގެ ޤައުމުތަކުގައި ތަރުޖަމާކުރެވި ކިޔަވައިދެވުނެވެ. އެއީ ފާރިސްކަރަ، ޢިރާޤު، މިޞްރު، ޝާމްކަރަ، އުތުރު އެފްރިކާ އަދި އަފްޣާނިސްތާނުގެ ދަރިންނެވެ.



