ހުރުމުޒު ހުރަސް ކުރާ އުޅަނދަކަށް 2 މިލިއަން ޑޮލަރު އީރާނަށް ދައްކަން ޖެހޭ

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ބައެއް އުޅަނދުފަހަރުން ޓްރާންސިޓް ފީގެ ގޮތުގައި ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު ނަގަން އިރާނުން ވަނީ ފަށާފައެވެ. އަލާއުއްދީން ބަރޫޖެރްދީ ވިދާޅުވި ގޮތުގައި، މި ފީ ނެގުމަކީ އެ ސްޓްރެޓިޖިކް ކަނޑުއޮޅީގެ މައްޗަށް އިރާނުގެ ބާރު އޮތްކަން ހާމަކޮށްދޭ ކަމެކެވެ. ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި، ތެހެރާނުން ވަނީ ގިނަ އުޅަނދުފަހަރަށް އެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައެވެ.

ހުރުމުޒު ކަނޑުއޮޅިއަކީ މުހިންމު ކަނޑު އޮޅިތަކުގެ ތެރޭން މިހާތަނަށް ހިލޭ ދަތުރު ކުރެވެން އޮތް އެއް ކަނޑުއޮޅިއެވެ.

ދުނިޔޭގެ މައިގަނޑު ކަނޑުއޮޅިތަކާއި ކެނަލްތަކުން ދަތުރުކުރުމުގެ ޚަރަދުތައް

  • ޕެނަމާ ކެނަލް އަކީ އެކެނަލް ހުރަސް ކުރަން އެންމެ އަގުބޮޑު ކެނަލް.
  • ބޮޑެތި ކޮންޓޭނަރު އުފުލާ ބޯޓުފަހަރު އެއްފަހަރު ހުރަސްކުރުމަށް ގާތްގަނޑަކަށް 5 ލައްކައާއި 1.2 މިލިއަން ޑޮލަރަށްވުރެ ގިނައިން ޕެނަމާ ކެނަލް އޮތޯރިޓީއަށް ދައްކަންޖެހެއެވެ.
  • ފީ ނަގަނީ ކަނޑައެޅިފައިވާ ވަކި އަދަދަކާއި، ބޯޓުގެ ބަރުދަނަށް ނުވަތަ ކޮންޓޭނަރުގެ އަދަދަށް ބަލައިގެންނެވެ.
  • ޓޭންކަރުތަކުން އާންމުކޮށް 3 ލައްކަ ޑޮލަރު ދައްކާއިރު، ބަލްކް ކެރިއަރުތަކުން 2 ލައްކަ އާއި 4 ލައްކަ ޑޮލަރާ ދެމެދުގެ އަދަދެއް ދައްކަންޖެހެއެވެ.
  • މުދާ ބަރުނުކޮށް ހުންނަ ބޯޓުފަހަރުން އާންމުކޮށް ނަގަނީ މުދާ ހުންނަ ބޯޓުފަހަރުގެ ފީގެ %85 އެވެ.
  • ރިޒަވޭޝަން ފީގެ ގޮތުގައި 50 ހާހާއި އާއި 2 ލައްކަ ޑޮލަރާ ދެމެދުގެ އަދަދެއް ނަގައެވެ.

ސުއޭޒް ކެނަލް

  • ޚަރަދުތައް ބިނާވަނީ ސުއޭޒް ކެނަލް ނެޓް ޓަނޭޖް އަށާއި ބޯޓުގެ ބާވަތަށެވެ.
  • ބޮޑެތި ކޮންޓޭނަރު ބޯޓުފަހަރުން އާންމުކޮށް 5 ލައްކަ އާއި 7 ލައްކަ ޑޮލަރަށްވުރެ ގިނައިން ދައްކަންޖެހެއެވެ. ސާޗާޖުތަކާއެކު ބައެއް ފަހަރު 8 ލައްކަ ޑޮލަރަށްވުރެ މައްޗަށް ޚަރަދުތައް ދެއެވެ.
  • ޓޭންކަރުތަކުން 2 ލައްކަ އާއި 5 ލައްކަ ޑޮލަރާ ދެމެދު، އަދި ބަލްކް ކެރިއަރުތަކުން ދޮޅު ލައްކަ އާއި 4 ލައްކަ ޑޮލަރާ ދެމެދުގެ އަދަދެއް ނަގައެވެ.
  • މުދާ ނެތް ބޯޓުފަހަރަށް ޑިސްކައުންޓް ދިނުމާއި ބަރުދަނަށް ބަލައި އަގު ހެޔޮކޮށްދިނުން އޮވެއެވެ.
  • ޖުމްލަ ޚަރަދުތައް ހުންނަނީ ޕެނަމާ ކެނަލްއާ އެއްވަރެއްގައެވެ. އެއީ ބޯޓުގެ ބާވަތާއި އިތުރު ފީތަކަށް ބަލާފައެވެ.

ސެއިންޓް ލޯރެންސް ސީވޭ / ކެނެޑާ

  • މިއީ މާ އަގުހެޔޮ ތަނެކެވެ. މިއީ ކުދި ބޯޓުފަހަރަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ތަނެކެވެ.
    އާންމުކޮށް ދަތުރުކުރުމަށް ހޭދަވަނީ އެތައް ލައްކަ ޑޮލަރެއްގެ ބަދަލުގައި، އެތައް ހާސް ކެނޭޑިއަން ނުވަތަ އެމެރިކާ ޑޮލަރެކެވެ.
  • ފީ ނަގަނީ ބޯޓުގެ ޖުމްލަ ބަރުދަނަށާއި އުފުލާ މުދަލުގެ ޓަނަށް ބަލައިގެންނެވެ.
  • ވެލަންޑް ކެނަލްގެ ލޮކޭޖް ފީތަކަކީ ކުޑަ އަދި ވަކި މިންވަރެއްގައި ހިފެހެއްޓިފައިވާ ފީތަކެކެވެ.

ކީލް ކެނަލް (ޖަރުމަނުވިލާތް)

  • ފީ ބިނާވަނީ ބޯޓުގެ ޖުމްލަ ބަރުދަނަށެވެ. އާންމުކޮށް ނަގަނީ އެތައް ހާސް ޔޫރޯއެކެވެ.
  • ޕެނަމާ ނުވަތަ ސުއޭޒް ކެނަލްއަށްވުރެ މާ އަގުހެޔޮވެފައި ލުޔެވެ.

ކޮރިންތު ކެނަލް (ގްރީސް)

  • ހަނި އަދި ހަމައެކަނި ކުދި ބޯޓުފަހަރަށް ޚާއްޞަ ކަނޑު އޮޅިއެކެވެ.
  • ދަތުރުކުރުމުގެ ފީ އާންމުކޮށް ހުންނަނީ 10 ހާހާއި 20 ހާސް ޑޮލަރަށްވުރެ ދަށުގައެވެ. ޔޮޓް ފަދަ ތަކެތިން 50 އާއި 200 ޔޫރޯއަށްވުރެ ގިނައިން ނަގައެވެ.

މައިގަނޑު ގުދުރަތީ ކަނޑުއޮޅިތަކުން ފީއެއް ނުނަގާ

  • ދުނިޔޭގެ މުހިންމު ގިނަ ކަނޑުއޮޅިތަކަކުން ދަތުރުކުރުމަށް އެއްވެސް ފީއެއް ނުނަގައެވެ. އޭގެ ތެރޭގައި ހިމެނެނީ:
  • މަލަކާ ކަނޑުއޮޅި
  • އިނގިރޭސި ކެނަލް / ޑޯވަރ ކަނޑުއޮޅި
  • ޖިބްރާލްޓާ (ޖަބަލު ޠާރިގު) ކަނޑުއޮޅި
  • ގްރޭޓް ބެލްޓް (ޑެންމާކް)
  • ބޮސްޕަރަސް އަދި ޑަރޑަނޭލްސް  މިތަނުން ޕައިލެޓް ފީއެއް ނަގައެވެ.

އީރާނުން ދަނީ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ބައެއް އުޅަނދުފަހަރުން ގާތްގަނޑަކަށް 2 މިލިއަން ޑޮލަރުގެ ޓްރާންސިޓް ފީއެއް ނަގަން ފަށާފައެވެ. މިއީ 47 އަހަރަށްފަހު އެ ކަނޑުއޮޅީގެ މައްޗަށް އިރާނުގެ "ސިޔާދަތީ އާ ތަސައްވުރެއް" ގާއިމުކޮށްފައިވާ ކަމެއް ކަމަށް ބަރޫޖެރްދީ ވިދާޅުވެއެވެ.

މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ. އާންމުގޮތެއްގައި ހުރުމުޒް ކަނޑުއޮޅިން ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ދަތުރު ކުރެއެވެ. މިއީ ދުނިޔޭގެ ގުދުރަތީ ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތައެވެ.

މި ނުތަނަސްކަން ދުނިޔެއަށް ކުރިމަތިވީ އެމެރިކާއާއި އިޒްރޭލުގެ ޓެރަރިޒަމްގެ ސަބަބުންނެވެ.

ހިއްސާ ކުރައްވާ!