ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކުން އީރާނުން 2 މިލިއަން އެމެރިކާ ޑޮލަރު ނަގާނަމަ އެ ގައުމަށް އަހަރެއްގެ މައްޗަށް އެއިން، 88 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ.
ލޮއިޑްސް ލިސްޓްގެ ޝިޕިންގ އިންޓެލިޖެންސް ރިޕޯޓްތަކަށް ބަލާއިރު، އާދައިގެ ދުވަހެއްގައި އެ ކަނޑުއޮޅިން ދުވާލަކު ގާތްގަނޑަކަށް 120 ވިޔަފާރި އުޅަނދު ދަތުރުކުރެއެވެ.

މި އަދަދަށް ފައިސާ ނަގާނަމަ، މިއީ އަހަރަކު ގާތްގަނޑަކަށް 87.6 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ.
މި ފައިސާ ވެގެންދާނީ އީރާނަށް އަލަށް ލިބެން ފަށާ ފައިސާއަކަށެވެ. އަދި އީރާނުގެ މިހާރުގެ ބަޖެޓާ އަޅާ ބަލާއިރު މިއީ ތަނަވަސް އާމްދަނީއެކެވެ.
މާރިޗު 2026 އިން ފެށިގެން ހިނގަން ފަށާ މާލީ އަހަރަށް އީރާނުން ލަފާކުރާ ބަޖެޓަކީ ގާތްގަނޑަކަށް 111 ބިލިއަން އެމެރިކާ ޑޮލަރެވެ.
އާގު ބޯޓުތަކާއި ތެޔޮ އަދި ގޭސް ޓޭންކަރުތަކަށް ފީއެއް ނަގާނަމަ އެ ފީ ވެގެން ދާނީ އީރާނުގެ ބަޖެޓުގެ 80 އިންސައްތައެެވެ. މި ފައިސާއިން އީރާނަށް ތަނަވަސްކަމާއެކު އުޅެވޭނެ ކަމަށް ބެލެވެއެވެ.
ހުރުމުޒު ހުރަސް ކުރާ އުޅަނދަކަށް 2 މިލިއަން ޑޮލަރު އީރާނަށް ދައްކަން ޖެހޭ





