ޤަތަރު މީހުން ޝަކީރާއަށް ބެލުމުން މަހުރޫމް ކޮށްފި

ޤަޠަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ކޮންސެޓް ފަސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޝަކީރާގެ ކޮންސެޓް ފަސްކުރީ ސަރަޙައްދުގެ މަސްރަޙު މިހާރު ނުތަނަވަސްވެފައި ވުމުގެ ސަބަބުންނެވެ.

މި ކޮންސެޓް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ޤަޠަރުގެ 974 ސްޓޭޑިއަމްގައެވެ. އަދި މި ކޮންސެޓްގެ ޓިކެޓްތައް ވެސް ވަނީ ވިއްކާ ހުސްވެފައެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ކޮންސެޓް ބާއްވާނެ އާ ތާރީޚެއް ވަރަށް އަވަހަށް އިޢުލާން ކުރާނެއެވެ.

ހިއްސާ ކުރައްވާ!