އެންމެ ގިނައިން ގޭސް އުފައްދާ ގަތަރަށް އެމެރިކާއިން ގޭސް ގަތުމަށް މަޖުބޫރުކޮށްފި

ދުނިޔޭގައި އެންމެ ގިނައިން ގޭސް އުފައްދާ އަދި އެކްސްޕޯޓްކުރާ އެއް ގައުމު ކަމަށްވާ ޤަޠަރުގެ މައި ގޭސް ކާރުޚާނާތަކަށް އެމެރިކާގެ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކާއި އަދި އެ ގައުމުގެ އަމިއްލަ އުފެއްދުންތެރިކަން ދަށް ވުމުން އެމެރިކާއިން ގޭސް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އީރާނަށް ދިން ހަމަލަތަކާ ގުޅިގެން އީރާނުން ޤަޠަރުގެ ރައުސް ލައްފާން ގޭސް ޕްރޮސެސިން ކޮމްޕްލެކްސް ދިން ހަމަލަތަކުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު އަލްއުދައިދު ގަތަރުގައި ހުރި އިރު އެމެރިކާއަށް ގަތަރު އީރާނުގެ ދިފާއީ ހަމަލަތަކުން ސަލާމަތެއް ނުކުރެވުނެވެ.

ޤަތަރަކީ އެމެރިކާ ޓްްރަމްޕް ރައީހަށް އުދުހޭ ގަނޑުވަރު މަތިންދާބޯޓު ހަދިޔާ ކުރި ގައުމެވެ!

އީރާނުގެ ހަމަކލަތަކުން ލިބުނު ގެއްލުން ތަކުން މިތަންތަން މަރާމާތުކޮށް އަލުން އާންމު ހާލަތަކަށް ގެނައުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ޤަޠަރުގެ ގޭސް އުފުލާ އުޅަނދުފަހަރު ދަތުރުކުރާ މައި މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅީ އީރާނުން ބަންދު ކުރުމުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުތަކަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިކަމުގެ ސަބަބުން ޤަޠަރުގެ އަމިއްލަ ގޭސް އެކްސްޕޯޓް ވަރަށް ބޮޑަށް ދަށްވެ، އޭޝިއާއާއި ވިލާތުގެ ގައުމުތަކާއެކު ހަދާފައިވާ ގިނަ އެއްބަސްވުންތަކަށް ގޭސް ފޯރުކޮށްދެވެން ނެތްކަން އަންގައި ގުދުރަތީ ނުވަތަ ކޮންޓްރޯލުން ބޭރުން ދިމާވާ ހާދިސާތަކުގެ ސަބަބުން އެއްބަސްވުމަށް އަމަލުނުކުރެވެން ނެތްކަމަށް އިއުލާނުކުރަން ގަތަރަށް ވަނީ މަޖުބޫރުވެފައެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އިތުބާރު ހުރި ގޭސް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ނަން ދެމެހެއްޓުމަށާއި، ދިގު މުއްދަތުގެ ކަސްޓަމަރުންގެ ކޮންޓްރެކްޓްތައް ގެއްލިޔަ ނުދިނުމަށްޓަކައި، ޤަޠަރުން ވަނީ އެމެރިކާއިން ގޭސް ގަންނަން ފަށާފައެވެ.

އެމެރިކާގެ ޓެކްސަސް އަދި ލޫސިއާނާ ކާރުޚާނާތަކުން އަހަރަކު 4 މިލިއަން ޓަނުގެ ގޭސް 2054 ވަނަ އަހަރާ ހަމައަށް ގަތުމުގެ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ގަތަރުން ވަނީ ސޮއިކޮށްފައެވެ.

މުހައްލިލުން ބުނާ ގޮތުގައި މިއީ އިނދެޖެހިފައިވާ އެމެރިކާ އިގްތިސާދު ކޮއްލަށް ޖެހުމަށް އެމެރިކާއިން ގަސްތުގައި ގަތަރަށް ދީފައިވާ ލަނޑެކެވެ!

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤަޠަރުން ފައިސާ ދައްކާނީ ބޮޑު އަގުގައެވެ. އަދި އެމެރިކާގެ ބަނދަރުތަކުން ގޭސް ހަވާލުވުމަށްފަހު، އަމިއްލަ އުޅަނދުފަހަރުގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ވެސް ޤަޠަރުންނެވެ. މިއީ އެމެރިކާއަށް ސާބިތު އާމްދަނީއެއް ލިބޭނެ ގޮތެއް ކަމަށް ބެކެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް އޮތް ގައުމު ކަމަށްވާ ގަތަރުން ވާދަވެރި ގައުމަކުން ގޭސް ގަންނަންޖެހުމަކީ އާދަޔާ ޚިލާފް ކަމެއްގެ ގޮތުގައި ފެނެއެވެ.

އެމެރިކާއަކީ ފުރަތަމަ ގަލްފް ހަނގުރާމައިގައިވެސް ކުވެއިތުގެ ތެޔޮވަޅުތަކަށް ބޮން އަލައި އެތަންތަން ރޯކޯށްލައި އަދި ފަހުން އެތަންތަން މަރާމާތު ކުރުމުން ބޮޑު އާމްދަނީއެއް ހޯދި ގައުމެކެވެ!

ހިއްސާ ކުރައްވާ!