އަންހެނުންތަކެއް ރޭޕްކޮށްގެން ކުށްވެރިވާކަމަށް ނިއުޔޯކު ކޯޓުގެ ގާޒީ ނިންމެވި އެމެރިކާގައި ިހާރު ވެރިކަން ކުރާ އެޕްސްޓީންގެ ދޮސްތު ޓްރަމްޕްގެ މުޑުދާރު ބަސްމަގު ކުށްވެރިކޮށް ބައެއް ގައުމުތަކުން ބަޔން ނެރެފިއެވެ. ނަސްލީ ތަފާތުކުރުމާއި އިސްލާމޯފޯބިއާއަށް ހިތްވަރުދޭ މިމީހާ ވަނީ ޖޯޖިއާގައި ބޭއްވި އިންތިޚާބީ އެއްވުމެއްގައި ލީބިޔާއާއި ޔަމަނާއި ހެއިޓީއާއި ސޯމާލިއަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައެވެ. މިއީ އާދަވެގެން އެމެރިކާގެ ރައީސުންގެ ބަސްމަގު ހުންނަ ނާތަހުޒީބު ގޮތެއް ނޫނެވެ!
ޖޯޖިއާ ސްޓޭޓްގެ ޕެރީގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ލީބިޔާ، ޔަމަން، ހައިޓީ އަދި ސޯމާލިއާއަށް ނިސްބަތްކޮށް ޓްރަމްޕް ބުނެފައި ވަނީ އަހަރެން އެމީހުންނަށް ކިޔަނީ "މުޑުދާރު ގައުމުތަކުގެ" ގޮތުގައިކަމަށެވެ.
އެކި އުމުރުފުރާގެ އަންހެނުންނާއެކު ކަސްބީ ގުޅުން ހިންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނާ ޓްރަމްޕްގެ ނާތަހުޒީބު ބަސްމަގާ ގުޅިގެން ލީބިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ޓްރިޕޮލީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކަންކަމާ ހަވާލުވެހުރި މީހާ ހާޒިރުކޮށް، ރަސްމީ އިހުތިޖާޖުގެ ސިޓީއެއް ހަވާލުކޮށްފައެވެ. ލީބިޔާގެ ސަރުކާރުން ބުނެފައިވަނީ "ކަލޭމެން ކޮންމެ ވާހަކައެއް ދެއްްކިކަމުގައި ވިއަސް ލީބިއާއަކީ ސިޔާދަތީ ބާރު ލިބިގެންވާ ގައުމެއް ކަމަށާއި، ގައުމުގެ އަބުރާއި އިއްޒަތަށް ކަލޭމެންނަށް އުނިކަމެއް ނޭރުވޭނެ ކަމަށެވެ. އަދި އެމެރިކާގެ ދާޚިލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ލީބިޔާގެ ނަން ވައްދައިގެން ބަހުސަކަށް ހެދުމަށް ނޫޅުމަށްވެސް ލީބިޔާއިން ވަނީ އިންޒާރުކޮށްފައެވެ." ލީބިޔާއަކީ އެމެރިކާގެ އެންމެ ފުރަތަމަ މަނަވަރު ފައްތާލައި އެމެރިކާ ސިފައިން ހައްޔަރު ކުރި ގައުމެވެ.
ޓްރަމްޕްގެ ސިޔާސީ ޙަޔާތުގައި ބައިނަލްއަގުވާމީ ލީޑަރުންނަށާއި ގައުމުތަކަށް އަމާޒުކޮށް ނާތަހުޒީބު ބަސްތައް ބޭނުންކުރުމަކީ އާންމު ކަމެކެވެ.
2018 ވަނަ އަހަރު އެފްރިކާގެ ގައުމުތަކަށާއި ހައިޓީއަށް ނިސްބަތްކޮށް އިހާނެތި ސިފަކުރުންތަކާ ގުޅިގެން، އދ ގައި އެފްރިކަން ޔޫނިއަން ގްރޫޕުން ވަނީ ޓްރަމްޕްގެ ނާތަހުޒީބު މުޑުދާރު ބަސްމަގު ކުށްވެރިކޮށް، އެމެރިކާއިން މާފަށް އެދުމަށް ގޮވާލާފައެވެ. އަދި ސެނެގާލް އާއި ބޮޓްސްވާނާއިން ވަނީ އެމެރިކާގެ ސަފީރުން ހާޒިރުކޮށް ބަވާފައެވެ!
މީގެއިތުރުން، އެހެން އެކި ދަނޑިވަޅުތަކުގައި ދުނިޔޭގެ ނުފޫޒުގަދަ ވެރިންނަށާއި އިދާރާތަކަށްވެސް ޓްރަމްޕް ވަނީ މަލާމާތް ކޮށް ހަދާފައެވެ. އެގޮތުން، ވެޓިކަންގެ އިސްފާދިރީއަށް ފާޑުކިޔުމާއި، ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮންއާއި އޭނާގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް މީސް މީޑިއާ ގައި މަލާމާތްކުރުން ހިމެނެއެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް މަލާމާތް ކުރުން ވެސް ހިމެނެއެވެ
ސޯމާލިއާގެ ރައްޔިތުންނާ މެދު ޓްރަމްޕް ދެއްކި ވާހަކަތަކާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ހަމްޒާ އަބްދީ ބާރީ ވިދާޅުވީ، ޓްރަމްޕަކީ ދެއުޅި އެއްނުވާ ބޮލު ރޮދި ކެނޑިފައިވާ މީހެއް ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަކަށް އިހާނެތިކޮށް ވާހަކަ ދެއްކުމަކީ އޭނާއަށް ޖެހިފައިވާ ބައްޔެއް ކަމަށެވެ. އެހެންވެ އެފަދަ ވާހަކަތަކަށް ރައްދުދިނުމުގެ ބަދަލުގައި މޮޔައެއްގެ ވާހަކައަށް އަޅާ ނުލައި ދޫކޮށްލުން ބުއްދިވެރި ކަމަށް ވިދާޅުވިއެވެ.






