ކުވެއިޓް އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެއާޕޯޓުގެ ފިއުލް ޓޭންކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ޚަބަރު ލިބޭގޮތުގައި މި ޑްރޯން ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ސަރަހައްދަށެވެ. މީގެ ސަބަބުން އެތަނުގެ ފިއުލް ޓޭންކެއްގައި ރޯވެ، ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ.
ކުވެއިތގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ހަނގުރާމަ ފެށުމާއެކު ވަނީ ބުރޫ އަރާފައެވެ.







