ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ތަންތަނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާ އެ ގައުމުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެއާޕޯޓަކީ މަދަނީ ތަނަކަށް ވާތީ، މި ހަމަލާއަކީ "ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު ސީރިއަސް އަމަލެއް" ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އެކްޓިން ޑެޕިއުޓީ މިނިސްޓަރު އަޒީޒް ރަހީމް އައްދައިހާނީ، "މި އުދުވާން ކުވެއިތުން ކުށްވެރިކުރާ ކުރުން ތަކުރާރުކުރައްވައި، މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު ކަމެއް" ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި ހަމަލާއަކީ "ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި އަމާންކަމަށް ބުރޫއަރާ ފަދަ ނުރައްކާތެރި ކުރިމަތިލުމެއް" ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.




