އީރާނާ ދެކޮޅަށް ކުރަމުންދާ "ކޮންޓްރޯލުން ނެއްޓިފައިވާ" ހަނގުރާމަ ހުއްޓާލަންވީ "ވަގުތު ޖެހިއްޖެ" ކަމަށް އދ. ގެ ސެކްރެތަރީ ޖެނެރަލް އެނޓޯޯނިއޯ ގުޓަރޭޒްް ވިދާޅުވެއްޖެއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މިއީ މެދުއިރުމަތީގައި ހިނގާ "ކޮންޓްރޯލުން ނެއްޓިފައިވާ" ހަނގުރާމައެއް ކަމަށާއި، ދުނިޔެ މިހާރު އޮތީ "ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި" ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަންވީ "ވަގުތު ޖެހިއްޖެ" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "މި ހަމަނުޖެހުމުގެ ބައިވެރިންނަށް ނުވާ" އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުން ހުއްޓާލުމަށް އީރާނަށް އޭނާ ގޮވާލެއްވިއެވެ.
"މިއީ މަސްރަހު އިތުރަށް ގޯސްކުރުން ހުއްޓާލައި، ޑިޕްލޮމެސީގެ މަގު އިޚްތިޔާރުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކުރަން ފަށަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.






