އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒަށް ދިނީ ކާމިޔާބު ހަމަލައެއް

އީރާނުގެ އިންގިލާބީ ސިފައިން އައި.އާރު.ޖީ.ސީއިން ބުނި ގޮތުގައި، ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު ކަމަށްވާ ޑިމޯނާ އަދި ހައިފާއަށް ހަމަލާދީފިއެވެ.

އައި.އާރު.ޖީ.ސީގެ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު މަޖީދު މޫސަވީ، ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވަމުން ވިދާޅުވީ "އީރާނާ ދެކޮޅަށް ދޭ ކޮންމެ އިންޒާރަކާއި މުހުލަތަކީ ހަނގުރާމައިގެ އަމަލެއްގެ ބައެއް" ކަމަށެވެ.

މޫސަވީ އެކްސްގައި ވިދާޅުވީ، އިސްރާއީލުގެ ޑިމޯނާ އަދި ހައިފާއަށް އީރާނުން ފަހުން ދިން ހަމަލާތަކަކީ "އެމެރިކާގެ ދެ ދުވަހާއި ފަސް ދުވަހުގެ އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުން ފޮނުވި ސާފު މެސެޖެއް" ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ދެއްވި އިންޒާރުތަކަށް އިޝާރާތް ކުރައްވައެވެ.

ހިއްސާ ކުރައްވާ!