އީރާނަށް ޓަކައި ގުރުބާން ވާން 1 މިލިއަން މުޖާހިދުން ތައްޔާރުވެއްޖެ

އެމެރިކާއާ ދެކޮޅަށް ކުރަންޖެހިދާނެ އެއްގަމު ހަނގުރާމައަކަށް އީރާނުގެ އެއް މިލިއަނަށް ވުރެ ގިނަ ސިފައިން ތައްޔާރުވެފައިވާ ކަމަށް އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ނިއުސް އެޖެންސީން އަސްކަރީ މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެމެރިކާއިން އީރާނަށް ދީފާނެ އެއްގަމު ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެއް މިލިއަނަށް ވުރެ ގިނަ މުޖާހިދުން ވަނީ ރުކުރުވާލެވިފައެވެ. މި ތައްޔާރުވުންތަކަކީ ގައުމުގެ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކެކެވެ.

މަސްދަރުތަކުން ބުނި ގޮތުގައި، އީރާނުގެ ދެކުނު ސަރަހައްދުން އެމެރިކާއިން އެއްގަމު މަގުން ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ، އީރާނުގެ އެއްގަމު ސިފައިންގެ މެދުގައި ވަނީ އާދަޔާ ހިލާފު ފޯރިއެއް އުފެދިފައެވެ. އަދި އީރާނުގެ ބިމަކީ އެމެރިކާގެ ސިފައިންނަށް "ނަރަކައަކަށް" ހެދުމަށް އެ ގައުމުގެ ފައުޖުތަކުން ތިބީ އަތުކުރި އޮޅާލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި އީރާނުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބަސީޖް ފޯސް، ރިވޮލިއުޝަނަރީ ގާޑްސް އަދި އީރާނުގެ ގައުމީ ސިފައިންގެ ލަޝްކަރުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައެވެ. މިއީ ކުރިމަތިވެދާނެ ހަނގުރާމައެއްގައި އަމަލީ ގޮތުން ބައިވެރިވެ، ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމަށް އެ ޒުވާނުން ބޭނުންވާތީ ކުރާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!