ސީރިއަސްކޮށް ކުރާ ސުއާލެއް! ފުލުހުން ކޮބާ؟ ފޯރިމަރަނީ މަގުމަތީގައި ބާ؟ ނޫނީ ޖޯލިތަކުގައި ތިބެގެން މައުލޫމާތުގެ ރަސް މަގުގައި އަތްފުނާ އަޅަނީ ބާ؟

ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން، ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފިއެވެ. ފުލުހުން ބުނީ އެ ސަރަހައްދު ބެލިބެލުމުން ބައެއް ފަރާތްތަކުން އެ ތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ވަށަިއގެން ކަނޑުގެ ސަރަހައްދު ހިމެނޭ މިފަދަ ގައުމެއްގައި މިފަދަ ކަންކަމަކީ ގައުމީ ސަލާމަތާ ހުރި ކަންކަން ކަމަށް ބަލައި މިއަށް ވުރެން ޒިންމާދާރުވެ ސީރިއަސް ވާން ވެއްޖެ ނޫން ހެއްޔެވެ؟

ހިއްސާ ކުރައްވާ!