އީރާނުގެ އިސްލާމީ އިންގިލާބީ ސިފައިން (އައި.އާރު.ޖީ.ސީ) އިން މީގެ އިރުކޮޅެއް ކުރިން ވަޢުދުއްޞާދިޤުގެ 91 ވަނަ ރާޅު ފަށައިފިއެވެ. މި ރާޅުގައި ހަމަލަ އަމާޒުކޮށްފައި ވަނީ، އިސްރާއީލުގެ މައި ސިޓީތަކަށެވެ.
މިއަދު ވެސް ތަލް އަވީވްގެ މެދުތެރެއަށާއި ހައިފާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ފޮނުވާލާފައި ވެއެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ 5 މިލިއަނަށްވުރެ ގިނަ ޔަހޫދީ މީހުން އީރާނުން ވަނީ އިރު ގަނޑެއް ވަންދެން ބިންގަރާހަށް ވައްދާފައެވެ.

އީރާނުގެ މި ހަމަލާތަކާ އެކުއެކީގައި ކަހަލަ ގޮތަކަށް، ޔަމަނުން ވެސް ވަނީ ކާމިޔާބު އަސްކަރީ ހަމަލަތަކެއް ދީފައެވެ. ޔަމަނުގެ އަންސާރުﷲ އިން ވަނީ އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށާއި ނިއުކްލިއަރ މަރުކަޒު ހުންނަ ދިމޯނާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.
އަންސާރުﷲއަކީ ސަރުކާރަކަށް ނިސްބަތްވާ ބަޔެއް ނޫނެވެ. ނަމަވެސް އެމީހުން ވަނީ އެއްވެސް އަރަބި ގައުމަކަށް ނުކުރެވުނު ކަމެއް ކޮށްފައެވެ. އެއީ އިސްރާއީލުގެ އެންމެ މުހިންމު އެއް ބަނދަރު ކަމަށްވާ އީލާތު ބަނދަރާއި އީލާތުގެ ރިސޯޓްތައް އެއްކޮށް ބަންދުކޮށް އީލާތުގެ ބަނދަރު އިފްލާސް ކޮށްލުމުގެ ކާމިޔާބު މަސައްކަތެވެ.
އައި.އާރު.ޖީ.ސީ އިން ބުނެފައިވާ ގޮތުގައި މިއީ އީރާނުގެ އަބްޠާލުން ކުރިއަށްގެންދާ ހާއްސަ އަސްކަރީ އޮޕަރޭޝަނުގެ އާ މަރުހަލާއެކެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ މައި ސިޓީތަކުގެ މަގުތައް ވަނީ މުޅިން ފަޅުވެ، އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފައެވެ. ވަލިއްލާހިލް ޙަމްދު!







