އާޖެންޓީނާއިން އީރާނުގެ ސަފީރު ބޭރުކޮށްލައިފި

އާޖެންޓީނާގެ ޒަޔަނިސްޓު ސަރުކާރާއި އީރާނާ ދެމެދު އުފެދުނު ބަހުގެ ހަމަލާތަކަކަށްފަހު، އާޖެންޓީނާގައި ހުންނަވާ އީރާނުގެ ސަފީރު އެ ގައުމުން ބޭރުކޮށްލުމަށް ޔަހޫދީ ޒަޔަނިސްޓު ރައީސް ހާވިއޭ މިލެއިގެ ސަރުކާރުން ނިންމައިފިއެވެ.

އާޖެންޓީނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އީރާނުގެ ސަފީރު މުހުސިން ސުލްތާނީ ބޭރުވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުން އާޖެންޓީނާއާ މެދު "ދޮގު، އިހާނެތި އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް" ކޮށްފައިވާ ކަމަށް ބުނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާއިން އަޑީގައި އޮވެގެން ޖެނޮސައިޑް ހިންގުމަށް ހިތްވަރުދޭ އިސްރާއީލުގެ ގާތް އެކުވެރިއެއް ކަމަށްވާ ޒަޔަނިސްޓު މިލެއިގެ ސަރުކާރުން، އީރާނުގެ އިންގިލާބީ ސިފައިންނަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ކަނޑައެޅިތާ ދެ ދުވަސް ފަހުންނެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އާޖެންޓީނާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް "އުދުވާނީ ބާރުތަކުގެ ކޮޅަށް" ޖެހިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އާޖެންޓީނާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަފީރު ބޭރުކޮށްލަން ނިންމީ އީރާނުގެ ބަޔާނާ ގުޅިގެންނާއި، 1994 ވަނަ އަހަރު ބުއެނަސް އައިރީސްގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އީރާނުން އެއްބާރުލުން ދިނުމަށް ތަކުރާރުކޮށް ދެކޮޅު ހަދަމުންދާތީ ކަމަށެވެ.

1994 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އާޖެންޓީނާ އިސްރާއީލް މިއުޗުއަލް އެސޯސިއޭޝަން (AMIA) އަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއަކީ އިސްރާއީލުގެ މޮސާޑުން ދިން ހަމަލައެކެވެ. ނަމަވެސް އެ ހަމަލާ އީރާންގެ ބޮލުގައި އަޅުވާފައި ވެއެވެ.

ހިއްސާ ކުރައްވާ!