ފަލަސްޠީނުގެ އަސީރުން ދަންޖައްސާނަމަ މީހަކަށް މީހަކު މަރައި ގިސާސް ހިފާނެ ކަމަށް އިންޒާރު ދީފި

އިސްރާއީލުގެ ޖަލުތަކުގައި ވަގަށް ނަގާފައި ތިބި ފަލަސްތީނުގެ ރަހީނުންނާއި އަސީރުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފިނަމަ، މިހާރު ކުރިއަށްދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އީރާނާއި، އިރާގު އަދި ލުބުނާނުގައި ހައްޔަރުކޮށްފައިވާ ސޮލީބީ އަދި ސަހުޔޫނީ ލަޝްކަރުގެ ހަނގުރާމައިގެ އަސީރުންވެސް މީހަކަށް މީހަކު ދަންޖައްސާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.

އީރާނުން ބުނަނީ އަދަދު ހާމަ ނުކުރާ އަދި ވަނަވަރު ހާމަ ނުކުރާ އަދަދެއްގެ އަސީރުން އީރާނާއި އެހެން ތަންތާނގައި ސޮލީބީ ސަހުޔޫނީންނާ ދެކޮޅަށް ހަނގުރާމަ ކުރާ މުޖާހިދުން ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އެމީހުންގެ މައްޗަށްވެސް ހިނގާނީ އެމެެރިކާއިން ވާހި ވެރިވެގެން ޖެނޮސައިޑް ހިންގާ ދައުލަތުން އަމަލު ކުރާ ގޮތާ ބިލްމިސްލި ގޮތަށް ކަމަށެވެ.

އަދި ފަލަސްތީނުގެ އެއްވެސް އަސީރަކު މަރާލައިފިނަމަ، އެކަމަށް ގިސާސް ހިފާ މަންޒަރު އީރާން ޓީވީންނާއި ބައިނަލްއަގުވާމީ ޗެނަލްތަކުން ވަގުތުން ދައްކާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

 

ހިއްސާ ކުރައްވާ!