ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުގެ މެހުމާންދާރީގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ސަރުކާރުންނެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމްތަކެއް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ނިމިފައިވާ ކަމަށެވެ. އަދި މިއީ ކުރިންވެސް ފެބުރުއަރީ މަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅެއްކަން އެ އޮފީހުން ފާހަގަކުރައްވައެވެ.

ހިއްސާ ކުރައްވާ!