ހަނގުރާމަވެރިންނާ މެދު ޔަހުޔާގެ ވިސްނުން!

ޔަހުޔާ އަބޫ ޒަކަރިއްޔާއަކީ އަލްޖަޒާއިރުގެ މުފައްކިރެކެވެ. ލިޔުންތެރި އެކެވެ. ފާޑު ކިޔުމަށް އޭނާ ޖެހިލުމެއް ނުވެއެވެ! މިއީ އޭނާގެ ލިޔުމެކެވެ.

އީރާނަށާއި އީރާނުން ތާއީދު ކުރާ ހަނގުރާމަވެރިންނަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނޭވެ…
ތިޔަބައިމީހުންނަކީ ފިނޑި ބަޔެކެވެ..
ތިޔަބައިމީހުންނަކީ ނިކަމެތި، އިހާނެތިޖކަން ލިބިގެންވާ ބަޔެކެވެ…
ތިޔަބައިމީހުންނަކީ އެމެރިކާއާއި އިސްރާއީލުގެ އަޅުންނެވެ..
ފަލަސްތީނުގެ ރައްޔިތުން ކަތިލަމުންދިޔައިރު، އެއްވެސް ހަރަކާތެއް ނެތި ތިޔަބައިމީހުން ބަލަން ތިބީއެވެ..
އެހިނދު، ތިޔަބައިމީހުން ނަށައި، ލަވަކިޔައި، ފާސިގުކަން ފަތުރައި، އޮރިޔާން ހާލުގައި ތިބޭ ލަވަކިޔުންތެރިން ތިޔަބައިމީހުންގެ ގައުމުތަކަށް ގެނައީއެވެ..
ތިޔަބައިމީހުން ޔަހޫދީ އަދުއްވުންނާ ގުޅުންތައް ބަދަހިކޮށް އަރަބި އިސްލާމީ މައްސަލައަށް ޚިޔާނާތްތެރިވެ، ތިޔަބައިމީހުންގެ އަބުރާއި، މުދަލާއި، ބިންތައް އެމެރިކާއާއި އިސްރާއީލާ ހަވާލުކުރީ ނޫން ހެއްޔެވެ..
ތިޔަބައިމީހުންނަކީ އަހަރެމެންގެ ހަނގުރާމަވެރިންގެ އެންމެ ހަނގުރާމަވެރިއެއްގެ ފައިވާނުގެ ދަށްފުށަށް ވެސް ދަށުދަރަޖައިގެ ބަޔެކެވެ..
ތިޔަބައިމީހުން މަޖާކުރުމާއި ކެއުންބުއިމާއިގެން އުޅޭށެވެ..
ބޮޑެތި މައްސަލަތައް ކެރޭ ފިރިހެނުންނަށް ދޫކޮށްލާށެވެ..
އޭ މިތިބަ، ފިރިހެނުންގެ ސޫރައިގައި ތިބި ނަމަވެސް ފިރިހެންވަންތަކަމެއް ނެތް މީހުންނޭވެ! (މުތަރުޖިމު)

 

ހިއްސާ ކުރައްވާ!