ސޮލީބީ ސަހުޔޫނީ ހަނގުރާމަ ނިމުމުން ޝުކުރު ހައްގުވާ ފަރާތްތަކަށް ޝުކުރު ހައްގު ވަނީ:
🔴 އީރާނަށް ޖުމުލަ ކޮށް ޝުކުރު އަދާ ކުރަނީ ދުނިޔެއަށް މަތީ ފަންތީގެ ފިރިހެނުންތަކެއް ދައްކައިދިނީތީ އެވެ. އެބޭފުޅުން ދެއްވަމުން ގެންދެވި މީޑިއާ ރައްދުތަކާއި ބަޔާންތަކުން ދުނިޔެއަށް އުފާވެރިކަން ލިބިގެން ދިޔައެވެ. އެ ބަޔާންތަކުގެ ނުފޫޒު ޔަހޫދީ ތަލްއަބީބަށް އަމާޒުކުރެވޭ ބެލިސްޓިކް މިސައިލްތަކަށްވުރެ ކުޑައެއް ނޫނެވެ.
🔴 ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ބާޤިރީ ގެންދެވީ ކޮންމެ ދުވަހަކުވެސް ޓްރަމްޕަށް އަދަބު ދެއްވަމުންނެވެ. ޓްރަމްޕަށް ބޮޑު ވެގެންވާ ހުތުރު އިހާނާތްތެރި ކަމަކުން އިހާނާތްތެރިކޮށް ހިތައި، ފުރިހަމަ ހިތްވަރާއެކު އަމިއްލަ ޤައުމު އީރާންގެ ދިފާޢުގައި ވާހަކަދައްކަވައި، ޓްރަމްޕާއި އެމެރިކާގެ ފޭކު ބާރުވެރިކަމަށް އޭނާ މަލާމާތް ކުރައްވަމުން ގެންދެވިއެވެ.
🔴 އީރާންގެ ޚާރިޖީ ވަޒީރު ޢަރަޤްޗީގެ ވާހަކައަށް ބަލާއިރު، އޭނާ އަދަބު ދެއްވީ ހަމައެކަނި ޓްރަމްޕަށް އެކަންޏެއް ނޫނެވެ، މުޅި އެމެރިކާއަށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ޚާރިޖީ ވަޒީރަށް އޭނާ ވެވަޑައިގަތެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްވި ހިތްވަރުގަދަ ރައްދުތަކާއި މަތިވެރި ބަޔާންތަކުގެ ސަބަބުން ލިބުނު ބޮޑު މަޤްބޫލުކަން އޭނާއަށް ފަޚުރަކަށް ފުދެއެވެ.
🔴 ޕްރޮފެސަރ މުހައްމަދު މަރަންދީ ޚާއްޞަވެގެން ދިޔައީ، ހުޅަނގުގެ މީޑިއާއަށް އަދަބު ދެއްވާ ފަރާތަށެވެ. އޭނާ ހުޅަނގުގެ މީޑިއާއަށް ރައްދު ދެއްވީ ވަރުގަދަ ހުއްޖަތްތަކާއި ދަލީލުތަކުންނެވެ. އޭނާގެ ބުއްދިވެރި ވާހަކަތަކުގެ ކުރިމަތީގައި ހުޅަނގުގެ ޕްރެޒެންޓަރުން އިނދަޖެހި، ބަލިވެ އިސްދަށަށް ޖަހަން މަޖުބޫރުވިއެވެ. އޭނާގެ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ސާބިތު ހަގީގަތެއްކަން ހާމަވެގެން ދިޔައެވެ.
🔴 ހަނގުރާމައިގައި އެންމެ މަޝްހޫރު މީހަކަށް ވެގެން ދިޔައީ އަރަބިން ވާހަކަ ދައްކަމުން ގެންދެވި ހަސަން އަޙްމަދިޔާން އެވެ. އޭނާއަށް މީހުން ދިނީ އީރާންގެ އަބޫއުބައިދާގެ ލަގަބެވެ. ފަލަސްޠީނުގެ ހަމާސް އަބޫއުބައިދާއާ އެއްފެންވަރުގެ މީހެއް ކަން އޭނާ ފާހަގަވެގެން ދިޔައެވެ. އަހުމަދިޔާނަކީ، ތަޢުލީމީ، ހުށިޔާރު ޒުވާނެކެވެ. އަލްޖަޒީރާ ޗެނަލްގައި ކޮންމެ ދުވަހަކު ވަރުގަދަ އަރަބި 6 ފިރިހެނުންނާ ދެކޮޅަށް އޭނާ ހިފަހައްޓާލައި އެމީހުންނާ ބަހުސްކޮށް، ބަލިކޮށްލައެވެ. އެންމެ ފަހުން އެމީހުންނަށް ޖެހެނީ އޭނާގެ ވާހަކަ މެދުކަނޑާލާށެވެ. އެއީ އޭނާއާ އެއްވަރު ނުކުރެވޭނެކަން އެމީހުންނަށް ޔަޤީންވާތީއެވެ. އޭނާއަކީވެސް ފޮރުވުމެއްނެތި ޙަޤީޤަތް ހާމަކުރާ މީހެކެވެ.
🔴 އެމެރިކާގެ ސޮލީބީ ޓްރަމްޕްގެ މޫނުމަތީގައި ތަފާއްޔެއް ޖަހާލައި ޓްރަމްޕް ނިކަމެތިކޮށްލީތީ އީރާނަށް ޝުކުރުވެރިވަމެވެ. އަދި އީރާނުން މި ހޯދި މަތިވެރި ކާމިޔާބީއަށްޓަކައި މަރުޙަބާ ކިޔަމެވެ. (މުތަރުޖިމުް)


