އީރާނާ ގުޅުން އޮންނަ ގްރޫޕްތަކުން ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ދުވަސްވަރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިނގިރޭސި ބަހުން އުފައްދަމުންދާ "މީމްސް" ތަކަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ލިބި އާންމުންގެ ތެރޭގައުި މަގްބޫލު އެއްޗަކަށް ވެއްޖެއެވެ.
އެކި ގައުމުތަކުގަިއ ހުންނަ އީރާން އެމްބަސީތަކުންވެސް މި މީމްތައް ފަތުރަމުން ދެއެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ހަނގުރާމައާ ދެކޮޅު ޝުއޫރުތައް ވަރުގަދަކޮށް، ދުނިޔޭގެ މީހުންނަށް އެމެރިކާއާއި ޔަހޫދފީންގެ ނުލަފާކަން ކިޔައިއީ އީރާންގެ ހާލަތާމެދު މީހުން ހޭލުންތެރި ކުރުވުމެވެ.
މުހައްލިލުންނާ ހަވާލާދީ އޭޕީ އިން ބުނެފައިވަނީ، މިއީ އީރާނު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ވަރަށް ކުޑަ ޚަރަދެއްގައި އެމެރިކާއަށް ނުސީދާ ގޮތުން ގެއްލުން ދިނުމުގައި ކާމިޔާބު ހޯދާފައިވާ ތަކެއްޗެވެ.
މި މީމްސްތަކުގައި އެމެރިކާގެ އިސްވެރިންނަށް މަލާމާތްކޮށް ކާޓޫންތަކާއި އޭއައި ފޮޓޯތައް ބޭނުންކޮށްފައިވެއެވެ. އަދި ހުރުމުޒު ކަނޑުއޮޅި ފަދަ އިގްތިސާދީ ގޮތުން މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް އީރާނަށް އޮތްކަން ދެއްކުމަށާއި ޓްްރަމްޕާއި ޖެނޮސައިޑް ނަތަންޔާހޫ ބަލިކޮށްލެވުނު ގޮތް ކިޔައި ދެއެވެ.
ކޭމްބްރިޖް ޔުނިވަރސިޓީގެ އޭއައި ރިސާޗަރެއް ކަމަށްވާ ނީލް ލަވީ-ޑްރައިވަރު ވިދާޅުވި ގޮތުގައި، "މި ޕްރޮޕެގެންޑާ ހަނގުރާމައިގައި ހުރި ހޯދީ އީރާނުން" ނެވެ. އޭނާ އިތުރަށް ވިދާޅުވީ، މިކަމުގެ ބޭނުމަކީ ހުޅަނގުގެ ގައުމުތަކުން މި ހަނގުރާމައިން ފަހަތަށް ޖެހުމަށް މަޖުބޫރުވާ މިންވަރަށް މީހުންގެ ހިތުގައި އެމރެކާއާއި ޓްރަމްޕާއި ނަތަންޔާހޫއަށް ނަފްރަތު އުފެއްދުން ކަމަށެވެ. މިފަދަ މީމްސްތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެކަހެރިވެފައިވާ ބޭފުޅެއްގެ ގޮތުގައި ދައްކައި، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތަކީ ފެންވަރެއް ނެތް މީހެއްކަން ދައްކައި ދެއެވެ.
ޕްރޮޕެގެންޑާ ދިރާސާކުރާ ނޭންސީ ސްނޯ ވިދާޅުވީ، މި ގްރޫޕްތަކުން އެމެރިކާގެ މަގްބޫލު ސަގާފަތް ބޭނުންކޮށްގެން އެމެރިކާ ގިއްގަޅުވާލާފާއި ވެއެވެ.
އޭގެ މިސާލެއްގެ ގޮތުން "ލެގޯ" ފިލްމުތަކުގެ ސްޓައިލަށް އީރާނުގެ އަސްކަރީ ކޮމާންޑަރަކު ރެޕް ލަވަ ކިޔާ މީމްސްތަކެއްވެސް ވަނީ އާންމުކޮށްފައެވެ. މިއީ ސިޔާސީ މެސެޖުތައް މުނިފޫހިފިލުވުމުގެ ތެރެއިން ފެތުރުމަށް ކުރާ މަސައްކަތެކެވެ.
މި ތަކެތި އުފައްދާފައިވާ ފެންވަރަށް ބަލާއިރު، މިއީ ސަރުކާރުގެ ރަސްމީ ނުވަތަ ނުރަސްމީ އެހީތެރިކަމާއެކު ކުރާ ކަމެއް ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ. އީރާނުގެ ބައެއް ރަސްމީ އެކައުންޓްތަކުންވެސް ވަނީ ޓްރަމްޕާއި އެމެރިކާއަށް މަލާމާތްކޮށް ޕޯސްޓްތައް ކޮށްފައެވެ. މިސާލަކަށް ދެކުނު އެފްރިކާގައި ހުންނަ އީރާނު އެމްބަސީން ވަނީ "ދުނިޔޭގެ އާ ބާރަށް މަރުހަބާ ކިޔާ" މިހެން ބުނެ އީރާނުގެ ދިދަ ހިމެނޭ ފޮޓޯއެއް އާންމުކޮށްފައެވެ.





