އެމެރިކާގެ މަނަވަރުތައް ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރި ކަމަށް ބުނެ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ދައްކާ ވާހަަކަތައް އީރާނުގެ ޚަތަމުލްއަންބިތޔާ މަރުކަޒުގެ އިސް ތަރުޖަމާނު ދޮގުކުރައްވައިފިއެވެ. އީރާނުގެ ޚާތަމް އަލްއަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ވިދާޅުވި ކަމަށް މީގެ އިރުކޮޅެއް ކުރިން އީރާން މީޑިއާއިން ބުނީ ހުރުމުޒު ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ ސިފައިންގެ އަތްމަތީގައި ކަމަށެވެ.
އީރާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތަރުޖަމާނު ބަޔާންކުރެއްވި ގޮތުގައި ހުރުމުޒު ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ދަތުރުކުރެވޭނީ އީރާނުގެ އަސްކަރީ އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ.
އެމެރިކާ މަނަވަރު ހުރުމުޒު ސަރަހައްދަށް ވަން ކަމަށާއި އެތަނުން މައިން ސާފު ކުރުމަށް މަސައްކަތް ކުރާ ކަމަށް ޓްރަމްޕް ބުނެއެވެ.
އެމެރކާގެ ނަފްސާނީ އިލްމު ވެރިން ބުނަނީ ޓްރަމަޕް މޮޔަވެފައިވާ ކަމަށާއި އޭނާއަށް އަމިއްލަ ބޮލުގެ ތެރެއިން މީހުން ވާހަކަ ދައްކާ އަޑު އިވޭ މީހެއް ކަމަށެވެ.
އީރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ހުރުމުޒު ސަރަހައްދުގެ އިސްތިގުލާލީ ބާރު އޮތީ ތެހެރާނަށް ކަމަށެވެ.





