ރޯޔަލް ޗެލެންޖާސް ބެންގަލޫރުން އިންޑިއަން ޕްރިމިއާ ލީގުގެ ތަށި ހޯދައިފި

ރޯޔަލް ޗެލެންޖާސް ބެންގަލޫރުން އިންޑިއަން ޕްރިމިއާ ލީގުގެ ތަށި މި އަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ތަށި ދިފާއުކުރި ތިންވަނަ ކެޕްޓަނުގެ ޝަރަފު ރަޖަތު ރަޓިދާރު ވަނީ ހޯދާފައެވެ. އެއާއެކު މުޅި ކްރިކެޓް ދުނިޔެއިން އޭނާއަށް ތައުރީފު އޮހެމުންދާއިރު، މި ކާމިޔާބީގެ އަސްލު ބާނީއަކީ އެ ޓީމުގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން ސްމްރިތީ މަންދާނާ ކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ބުނެއެވެ. ބެންގަލޫރު ޓީމަށް މުބާރާތެއް ކާމިޔާބު ކުރެވިދާނެ ކަމުގެ އުންމީދާއި ޔަގީންކަން ފުރަތަމަ ހޯދައިދިނީ މަންދާނާއެވެ.

މި އަހަރުގެ ފިރިހެނުންގެ މުބާރާތުގެ ފައިނަލްގައި ގުޖުރާތު ޓައިޓަންސް ބަލިކޮށް، ބެންގަލޫރުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި އުފުލާލިއިރު، މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ކުލަބުން ހޯދި ހަތަރުވަނަ ތަށްޓެވެ. މިއަދު ރަޖަތު ރަޓިދާރު ބެންގަލޫރު ޓީމު ގޮވައިގެން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަޒުމުގައި ހުރިއިރު، މީގެ އަހަރުތަކެއް ކުރިން މިއީ ހުވަފެނެއް ފަދަ ކަމެކެވެ.

އެއްވެސް މުބާރާތެއްގެ ތަށި ނުލިބުމުގެ ސަބަބުން ގިނަ ބައެއްގެ މަލާމާތް ރައްދުވަމުންދިޔަ ޓީމެކެވެ. ނަމަވެސް، މި ހުރިހާ ކަމެއް ބަދަލުކޮށްލީ 2024 ވަނަ އަހަރު ބޭއްވި އަންހެނުންގެ ޕްރިމިއާ ލީގުގެ ތަށި މަންދާނާގެ ކެޕްޓަންކަމުގެ ދަށުން ބެންގަލޫރު ޓީމަށް ހޯދައިދިނުމުންނެވެ. އެއީ އެ ކުލަބުގެ ތާރީޚުގައިވެސް އެ ޓީމަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީއެވެ. އެ ކާމިޔާބީއާއެކު، ބެންގަލޫރު ޓީމުގެ ނާކާމިޔާބީގެ ސިލްސިލާ ނިމުމަކަށް އައިސް، މޮޅުވުމަކީ އާދައަކަށް ހެދުމުގެ ރޫހު ޓީމުގައި އުފެދުނެވެ.

މިހާރު ފެންނަމުންދާ ކާމިޔާބީގެ ފެށުމަކީ މަންދާނާ ދެއްކި ހިތްވަރާއި ހޯދައިދިން އިތުބާރު ކަން ކްރިކެޓްގެ މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް