އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ މުރުޝިދު މުޖްތަބާ ޚާމަނާއީއަށް އޭނާގެ ފުށުން "ގެއްލުންތަކެއް ދެވުނީތީ ހިތާމަކުރައްވާ" ކަމަށެވެ. މުޖްތަބާއަށް "ބޮޑެތި" އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، ޓްރަމްޕް ވަނީ އޭނާއަކީ "ހިތްވަރުގަދަ" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޔޫއޭއީގެ މީޑިއާއިން ވަނީ ޓްރަމްޕް މިކަން ހާމަކުރެއްވި ވީޑިއޯ ހިއްސާކޮށްފައެވެ. މި ވާހަކަފުޅުގައި މުޖްތަބާއަށް ދިން ހަމަލާއާ ގުޅޭގޮތުން ވާހަކަދެއްކެވި ނަމަވެސް، އެ ހާދިސާގެ އިތުރު ތަފުސީލެއް ނުވަތަ އެކަމުގެ ފަހަތުގައި އޮތް ކަންކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އެ ހަމަލަ ދީފައި ވަނީ މަސްރަހު ވަރަށް އޮޅުންބޮޅުން ބޮޑު ވަގުތެއްގައި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ގަސްތުގައި ނޫންކަމަށް އޭނާ ވަނީ ފާހަގަކުރައްވައެވެ.
ބެލެވޭ ގޮތުގައި ޓްރަމްޕް ގެ އަމާޒަކީ އީރާންގެ މުރުޝިދު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރުމެވެ. އޭނާއަކީ މި ކަހަލަ ރެކޯޑުތައް ހަދަން ބޭނުންވާ މީހެކެވެ.






