ގާލީބާފް: އަހަރެމެން މިތިބީ އެމެރިކާއާއެކު ސުލްހައެއްގައެއް ނޫން.. އަދި އިސްރާއީލެއް ގަބޫލެއް ނުކުރާނަން

އީރާނުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ މަންދޫބު އަދި އެގައުމުގެ ޕާލިމަންޓުގެ ރައީސް މުހައްމަދު ބާގިރް ގާލީބާފް ހޯމަ ދުވަހު ވިދާޅުވީ، އެމެރިކާއާއެކު ސޮއިކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމަކީ "އުނދަގޫ، ނަމަވެސް ހާސިލުކުރެވޭނެ" ކަމެއް ކަމަށެވެ.

އީރާނުގެ ރަސްމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާލީބާފް އިތުރަށް ވިދާޅުވީ، ތެހެރާން އޮތީ "އެމެރިކާއާއެކު ސުލްހައިގެ ހާލަތެއްގައެއް ނޫން" ކަމަށާއި، އަދި އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި އީރާނުން "ގަބޫލުނުކުރާނެ" ކަމަށެވެ. އަދި އީރާނުގެ ކުރީގެ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ "ބަދަލުހިފުން" ހާސިލުވާނީ ގުދުސް މިނިވަންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާލީބާފް މިހެން ވިދާޅުވީ ޚާމަނާއީގެ ޖަނާޒާގައި ތައުޒިޔާ ކިޔުމަށް ވަޑައިގެންނެވި، ހަމާސް ޖަމާއަތުގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު ދަރްވީޝް "އަބޫ އުމަރު ޙަސަން" އާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ހިއްސާ ކުރައްވާ!