ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި އެތައް ހާސް ނޫސްވެރިންނާއި، ފޮޓޯގްރާފަރުން އަދި ޓީވީ ކުރޫއިން، ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނޭ ތެހެރާނުގެ ތާރީޚީ ގުލިސްތާން ގަނޑުވަރަށް ޒިޔާރަތްކޮށްފިއެވެ. މި ޒިޔާރަތުގެ ބޭނުމަކީ ސޮލީބީން ދިން އެ ގަނޑުވަރަށް ދފފިން ހަމަލާގެ ސަބަބުން ގަނޑުވަރަށް ލިބުނު ގެއްލުންތައް ބަލައި، އެތަން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ދެއްކުމެވެ.
އެ ގަތުލުއާންމުގައި އެތަނުގެ އަސްލު ވަޒަންވެރިންގެ ތެރެއިން 800 އަށްވުރެ ގިނަ މީހުން މަރާލިއެވެ. އަދި ސަލާމަތްވި މީހުންގެ ތެރެއިން އުމުރުން 25 އަހަރުން މަތީގެ ކޮންމެ ފިރިހެނެއްގެ އެއްފައި ބުރިކޮށްލިއެވެ.
މީގެ އިތުރުން، އަންހެނުންނާއި ކުޑަކުދިން ރަހީނުކޮށް، އޭގެ ތެރެއިން ބައެއް މީހުންރޭޕްކޮށް، 20 އަހަރު ވަންދެން އެމީހުން އަޅުންގެ ގޮތުގައި ގެންގުޅުނެވެ.
ގުލިސްތާން ގަނޑުވަރުގެ އުމުރަކީ 420 އަހަރެވެ. އެމެރިކާގެ މިނިވަން ދައުލަތުގެ އުމުރަކީ އެންމެ 250 އަހަރެވެ.
ނޫސްވެރިންގެ ދަތުރު އެންމެ ފުރަތަމަ ފެށީ ގަނޑުވަރުގެ އެންމެ މަޝްހޫރު އެއް ބައި ކަމަށްވާ ލޯގަނޑު ހޯލް ކަމަށްވާ މިރަރ ހޯލް އިންނެވެ. ފާރުތަކާއި ފުރާޅުގައި ހުރި ނާޒުކު ބިއްލޫރި އަދި މޫނުބަލާ ލޯގަނޑުގެ ފަރުމާތަކުގެ ކައިރީގައި މިހާރު ވަނީ މަރާމާތުކުރުމަށް ބޭނުންކުރާ ސްކެފޯލްޑިންގ ޖަހާފައެވެ. މިއީ ފާރިސީ ބިނާވެރިކަމުގެ ފުރިހަމަކަމާއި، ބޮން އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތުކުރާ މާހިރުންގެ މަސައްކަތް އެއް ފެނުމަކުން ފެނިގެންދިޔަ މަންޒަރެކެވެ.
މާރިޗު 2 ގައި ތެހެރާނުގެ މެދުތެރޭގައިވާ އަރަގް މައިދާނަށް އެމެރިކާއިން ދިން މިސައިލް ހަމަލާގެ ސަބަބުން، ގުލިސްތާން ގަނޑުވަރުގެ ބައެއް ބައިތަކުގެ ސީލިންގް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބައެއް ބޮޑެތި ކޮޓަރިތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ވަނީ ބިނދިގެން ގޮސްފައެވެ.
![]()


ގުލިސްތާނުގެ މާނައަކީ ބަގީޗާއެވެ. ގުލިސްތާނު ގަނޑުވަރަކީ ފާރިސީ ރަސްކަމުގެ ދުވަސްވަރުގެ ފަންނުވެރިކަމާއި ބިނާވެރިކަން ދައްކުވައިދޭ، އީރާނުގައި ހުރި އެންމެ އަގުބޮޑު އެއް ތާރީޚީ ބިނާއެވެ.
ގަނޑުވަރުގެ މާހިރުންނާއި ގައިޑުން ވަނީ ލިބުނު ގެއްލުންތަކުގެ ތަފްޞީލާއި، ކުއްލި ހާލަތްތަކުގައި ބިނާ ހިފެހެއްޓުމަށް އެޅި ފިޔަވަޅުތައް ނޫސްވެރިންނަށް ކިޔައިދީފައެވެ. ބައިނަލްއަޤްވާމީ މީޑިއާ ދަނީ މި ގެއްލުންތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނިއުސްރޫމްތަކަށް ވަގުތުން ފޮނުވަމުންނެވެ. އާސާރުތައް ބަލަހައްޓާ އިދާރާތަކުން ބުނާގޮތުގައި، ގަނޑުވަރުގެ އަސްލު ތާރީޚީ ސިފަ ނުގެއްލޭނެހެން މަރާމާތުގެ މަސައްކަތްތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ.

![]()
![]()
![]()
![]()






