ބަހުރޭންގެ ގިނަ ސަރަހައްދުތަކަށް ދިމާވި ކުއްލި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށް، މުޅި ގައުމަށް ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް އިއާދަކޮށްފި ކަމަށް އެ ގައުމުގެ ކަރަންޓާއި ފެނުގެ އޮތޯރިޓީން ހާމަކޮށްފިއެވެ.
ބަހުރޭންގެ ރަސްމީ ނޫސް އެޖެންސީއާ ހަވާލާދީ އެ އޮތޯރިޓީން ބުނި ގޮތުގައި، ގައުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ ފަންނީ މައްސަލައެއްގެ ސަބަބުންނެވެ. މައްސަލަ ދިމާވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަމާބެހޭ އިމަޖެންސީ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމުތަކުން ކުރި މަސައްކަތުން، ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދެވިފައެވެ. ބެލެވޭ ގޮތުގައި މިސައީ ސައިބާ އެޓޭކެއް ކަމަށް ބުނެއެވެ.
ބަހުރޭނަށް މި މައްސަލަ ކުރިމަތިވެފައި މިވަނީ، އަވަށްޓެރި ކުވެއިތުގެ މައި ކަރަންޓު ލައިންތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ އެ ގައުމުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.






