ސިސިލީގެ ހުވަފެނީ ޗުއްޓީ ބިރުވެރި ހުވަފެނަކަށް: އެއް ދުވަހެއްގެ ތެރޭގައި ދެ ފަހަރު ވަގަށް ނަގަން އުޅުނު އަންހެނެއްގެ ވާހަކަ

އޮސްޓްރޭލިއާގެ އުމުރުން 36 އަހަރުގެ ސްޓެފަނީ، އަކީ މެލްބަންގެ އެގްޒެކެޓިވްއެކެވެ. އިޓަލީގެ ސިސިލީއަށް ދިޔައީ އާދައިގެ ޗުއްޓީއަކަށް ނޫނެވެ. އޭނާގެ ހިތުގައި އޮތީ އިޓަލީގެ މަޝްހޫރު 'އެއް ޔޫރޯގެ ގެ' ތަކުގެ ތެރެއިން ގެއެއް ގަނެ، އެ ގައުމުގައި އާ ދިރިއުޅުމެއް ފެށުމުގެ ހުވަފެނެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހު އޭނާ ކުރި ދަތުރު ނިމިގެން ދިޔައީ، ބިރުވެރި ފިލްމެއް ފަދަ ހާދިސާތަކަކުން ފުރިގެންވާ ހަނދާންތަކަކާއެކުއެވެ.

އެއް ދުވަހެއްގެ ތެރޭގައި، ދެ ފަރާތަކުން އޭނާ ވަގަށް ނަގަން އުޅުނު ކަމަށް ސްޓެފަނީ ބުނެއެވެ.

ފުރަތަމަ ހަމަލާ: ހަލުވި ދުވެލީގެ ބިރުވެރިކަން

ކައިޓްބޯޑިންގް ކުޅޭ ގުރޫޕަކާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، އެހެން ތަނަކަށް ދާން އުޅުނު ވަގުތު، އެތަނުން ދިމާވި ޔޫރަޕްގެ މީހަކު އޭނާ ކާރަށް އެރުވިިއެވެ. އެއީ އެކުވެރިއެއް ކަމަށް ހީކޮށް ސްޓެފަނީ އެރިއެވެ. ނަމަވެސް، ކާރު ދުއްވަން ފެށުމާއެކު އެއީ ގޯސް ނިންމުމެއްކަން އޭނާއަށް ވިސްނުނެވެ.

"އޭނާ ބުނީ ކާރު 160 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވި. އަދި ކާރުން ބާލަދޭން އެދުމުން އޭނާ އިތުރަށް ބާރު ސްޕީޑުގައި ދުއްވީ،" ސްޓެފަނީ ކިޔައިދިނެވެ. ސިސިލީގެ ހަނި މަގުތަކުގައި މަރުގެ ބިރު ލައިގަތް އެ ވަގުތުކޮޅު އޭނާ ސަލާމަތްވީ، ކާރު ގޭޓެއްގެ އެތެރެއަށް ވަދެ މަޑުކުރުމާއެކު، ދޮރު ހުޅުވައިގެން ފިލައިގެންނެވެ.

ދެވަނަ ހަމަލާ: އެހީތެރިއަކު ދިން ސިހުން

ފަޔަށް ބާރުލައި ދުވެފައި ގޮސް ސްޓެފަނީއަށް ފެނުނީ އެ ސަރަހައްދުގެ ސެކިއުރިޓީ ގާޑެކެވެ. ރައްކާތެރިކަން ހޯދަން އޭނާ އާދޭސްކުރިއެވެ. ގާޑު ވެސް އޭނާ ކާރަށް އަރުވައިގެން ގެއަށް ދާން ދަތުރު ފެށިއެވެ. ނަމަވެސް، އެ ދަތުރުގައި ގާޑު ގޮސް ކާރު މަޑުކުރީ މީހުން ނޫޅޭ ފަޅު ގޯޅިއެއްގައެވެ.

އެއަށްފަހު، ސްޓެފަނީގެ ފޯނު އަތުލައި، ޓްރާންސްލޭޝަން އެޕް މެދުވެރިކޮށް ލިޔެ ދެއްކީ "ގެއަށް ގެންގޮސްދޭ މަތިން އަހަންނަށް ދޭނީ ކޮން އެއްޗެއް؟" މިފަދައިންނެވެ. މިއީ ސްޓެފަނީ ބިރު ގަންނަވާލި ކަމެކެވެ. އޭނާ ވަގުތުން ކާރުން ފައިބައި، ކައިރީގައި އޮތް ގޯޅިތަކުން ފިލައި، ފައިމަގުގައި ހޮޓަލާ ހަމައަށް ދިޔައީ މުޅި ދުވަހު ބިރުން ފިލައި ފޮރުވިގެންނެވެ.

މި ހާދިސާގެ ސަބަބުން ސްޓެފަނީގެ އިޓަލީގެ އެއް ޔޫރޯގެ ގެއެއް ގަނެގެން ދިރިއުޅުމުގެ ހުވަފެންތައް ބިލާހަކަށް ވިއެވެ. "އިޓަލީގައި މަސައްކަތެއް ކުރަން ދެން އަޅުގަނޑު ދާނީ އަޅުގަނޑާ އެކު ސެކިއުރިޓީއަށް މީހަކު ހުރެގެން،" އޭނާ ބުންޏެވެ.

މި ހާދިސާއިން ސްޓެފަނީއަށް މިވަނީ ބޮޑު ފިލާވަޅެއް ލިބިފައެވެ. ދުނިޔޭގެ އެންމެ ރީތި ހިސާބުތަކުގައި ވެސް، އެކަނި ދަތުރުކުރާ އަންހެނުންނަށް ރާއްޖޭގައި ލިބޭފަދަ ރައްކާތެރިކަމެއް ނުލިބޭނެ ކަމެވެ!

ހިއްސާ ކުރައްވާ!