އިނގިރޭސިވިލާތުގެ ޖަވާހިރު ފިހާރައެއްގައި ހިނގި އެންމެ ތަފާތު ވައްތަރެއްގެ ވައްކަމެއް

އާންމުކޮށް ވައްކަންކުރާ މީހުން ޖީބަށް ނުވަތަ ދަބަހަށް އެއްޗެހި ލައި ފޮރުވައެވެ. އެކަމަކު ލަންޑަންގެ ޖަވާހިރު ފިހާރައަކުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. "ވައްކަން ކުރަން ދަސްކުރާން އުޅޭ މީހެއް" ކަމަށް ބެލެވޭ ފިރިހެނަކު، 47،000 ޑޮލަރުގެ އަގުހުރި އަނގޮޓިއެއް ވަގަށް ނަގައިގެން ދިރުވާލައިގެން ފިލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މި ހައިރާންކުރުވަނިވި ހާދިސާ ހިނގާފައިވަނީ ޖަވާހިރު ވިޔަފާރިއަށް މަޝްހޫރު ލަންޑަންގެ "ހެޓަން ގާޑަން" ސަރަހައްދުގައި ހުންނަ "އެލެގަންސް ޖުވެލާސް" ފިހާރައިގައެވެ.

أغرب محاولة سرقة ببريطانيا لص يبتلع خاتم ألماس بـ 47 ألف دولارއެ ފިރިހެން މީހާ ފިހާރައަށް ވަނީ އަގުބޮޑު އެއްޗެއް ގަންނަން އައިސް އުޅޭ ކަސްޓަމަރެއްގެ ސިފައިގައެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ފިހާރައިގެ ތަކެތި ބަލައި، އަގުހުރި ޖަވާހިރުތައް ހޯދުމުގައި އޭނާ ހޭދަކުރިއެވެ.

ނަމަވެސް، ފިހާރައިގެ ސީސީޓީވީ ކެމެރާތަކަށް އެރި މަންޒަރުތަކުން ފެންނަނީ މުޅިން އެހެން ކަމެކެވެ. ލައިގެން ހުރި ނޫ ކުލައިގެ ގަމީހާއި ޖެކެޓްގައި ހުރި މި މީހާ، އަގުހުރި އަނގޮޓިއެއް ބަލާކަމަށް ހެދިގެން ހުރެފައި، ކުއްލިއަކަށް އެ އަނގޮޓި އަނގަޔަށް ލައި ދިރުވާލީއެވެ!

"އަހަރެންގެ ޖީބު ބަލާ"

ފިހާރައިގެ މުވައްޒަފުންނަށް ފުރަތަމަ މިކަން ފާހަގައެއް ނުވިއެވެ. ނަމަވެސް، 35،000 ޕައުންޑް (46,700 ޑޮލަރު) ގެ އަނގޮޓި ގެއްލުމުން މުވައްޒަފުން އެ މީހާއާ ސުވާލުކުރިއެވެ. ހައިރާންވާންވީ ކަމަކީ، އެ މީހާ އެއްވެސް ޖެހިލުމެއްނެތި އެކަން ދޮގުކުރުމެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން އޭނާ އަމިއްލައަށް މުވައްޒަފުން ކައިރީ ބުނީ، "އަހަރެންގެ ޖީބުތައް ބަލާށެވެ!" މިހެންނެވެ.

ނަމަވެސް، ކެމެރާގެ ފުޓޭޖްތައް ބެލުމުން އޭނާގެ ހީލަތްތެރިކަން ފަޅާއެރިއެވެ. އަދި ފިހާރައިން ނުކުމެގެން ދާން އުޅުމުން މުވައްޒަފުން އޭނާ ހުއްޓުވިއެވެ.

ފިހާރައިގެ މުވައްޒަފުންގެ ހަރުކަށި ފިޔަވަޅުތަކާއެކު، އެ މީހާއަށް މަޖުބޫރުވީ އެ އަނގޮޓި އަނބުރާ ދޭށެވެ. އޭނާ ގޮތް ހުސްވެ، އަމިއްލައަށް ކަރުތެރެއަށް އިނގިލި ބާނައިގެން ހޮޑުލައި، އެ އަނގޮޓި ހޮޑާއެކު ބޭރަށް ނެރުނެވެ. އަނގޮޓި އެއްވެސް ގެއްލުމެއް ނެތި ލިބުމުން، ހެޓަން ގާޑަންގެ ސެކިއުރިޓީން އައިސް އޭނާ ފިހާރައިން ބޭރަށް ނެރުނެވެ. ފަހުން މި މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ.

ހިއްސާ ކުރައްވާ!