ވިއެޓްނާމް: އުޅަނދެއް ބަންޑުން ޖަހާލައި، 15 ފަތުރުވެރިން މަރުވެއްޖެ

ވިއެޓްނާމްގެ މަޝްހޫރު "ފޫ ގޮކް"ޖަޒީރާ ކައިރީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، 36 މީހުންނާ އެކު ދަތުރުކުރި ޓޫރިސްޓް އުޅަނދެއް ބަންޑުން ޖަހާލައި 15 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި އެންމެނަކީ އިންޑިއާގެ ފަތުރުވެރިންނެވެ.، މި އުޅަނދު ދަތުރުކުރަމުން ދިޔައީ ފަތުރުވެރިން ގޮވައިގެން މަންޒަރު ދެއްކުމުގެ ދަތުރެއްގައެވެ. ކަނޑު ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދު ބަންޑުން ޖަހާލުމާއެކު، ވިއެޓްނާމްގެ ރެސްކިއު ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.

ރަސްމީ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 15 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އުޅަނދުގައި ތިބި އެހެން ފަތުރުވެރިން ސަލާމަތްކުރެވުނެވެ. މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބެލުމަށް ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގެއް ހިންގަމުންނެވެ.

މި ހާދިސާއާ ގުޅިގެން ވިއެޓްނާމްގައި ހުންނަ އިންޑިއާގެ އެމްބަސީން ދަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އިންޑިއާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފޫ ގޮކް ޖަޒީރާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ.

ހިއްސާ ކުރައްވާ!