ތޫފާން "ބަވީ" އާއެކު ޗައިނާއިން 1.7 މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

ޗައިނާއަށް އަރަމުންދާ ބާރުގަދަ ތޫފާން "ބަވީ" ގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، އެ ގައުމުގެ 1.7 މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތޫފާން ބަވީގެ ސަބަބުން ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެތައް ބަޔަކަށް ވަނީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. ވައި ގަދަ ވުމުގެ ސަބަބުން ގަސްތައް ވެއްޓުމާއި، ކަރަންޓުގެ ޚިދުމަތް ކެނޑުމާއި، ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.

ސަރުކާރުން ވަނީ ކުއްލި ހާލަތުގައި އެހީ ދިނުމުގެ މަސައްކަތްތައް ފަށައި، ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ހާސް ރެސްކިއު ވޯކަރުންނާއި ސިފައިން ނެރެފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ، ތޫފާނުގެ އަސަރު ކުޑަވަންދެން ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އަމުރަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. މިއީ މިފަހަކަށް އައިސް ޗައިނާއަށް ކުރިމަތިވި އެންމެ ބާރުގަދަ ގުދުރަތީ ކާރިސާތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެކެވެ.

ހިއްސާ ކުރައްވާ!